ކުއްލި ހާލަތްތަކުގައި ރައްޔިތުންނަށް ލުއި ފަސޭހަކޮށް އެއް ނަބަރަކުން ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ކަމާގުޅުން ހުރި މުއައްސަސާތަކާއިއެކު މަޝްވަރާކޮށްފިއެވެ.
ޞިއްހަތާ ބެހޭ ވުޒާރާއިން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސޯޝަލް ކައުންސިލަށް ހުށައަޅައި، އެ ކައުންސިލުން ފާސްކޮށްގެން ކުރަން ނިންމި މި މަސައްކަތުގެ ދަށުން ޤައުމީ އިމަރޖެންސީ ހާލަތްތަކުގައި ސަލާމަތާއި ރައްކާތެރިކަމުގެ ޚިދުމަތްތަކަށް އެއް ނަންބަރަކުން ގުޅޭނެ ޤައުމީ ހެލްޕް ލައިނެއް ޤާއިމުކުރުމަށް ވަނީ ހަމަޖެފަ އެވެ.
މި މަސައްކަތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިންނެވެ. މިކަމާ ގުޅޭ އިދާރާތަކުގެ ޚާއްސަ ބައްދަލުވުމެއް އިއްޔެ ވަނީ ބާއްވާފައެވެ. މިބައްދަލުކުރެއްވުމުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙުސާން، ޞިއްހަތާ ބެހޭ ވަޒީރު އަބްދުﷲ ޚަލީލް، ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއުގެ އިތުރުން ޤައުމީ ދިފާޢީ ބާރާއި ކަމާ ގުޅުންހުރި އިދާރާތަކުން އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
"ޝޯޓްކޯޑް ލައިން"ގެ ސަބަބުން، އިމަރޖެންސީ ހާލަތުގައި ކޮންމެ ކަމެއް ރިޕޯޓްކުރަންވިއަސް ގުޅަންޖެހޭނީ އެހޮޓްލައިން ނަންބަރަށެވެ. އެހިސާބުން، އެކަމުގައި ފިޔަވަޅު އަޅާ އިދާރާތަކުން އެކަމަކަށް އެޓެންޑްވާން ފަށާނެއެވެ.
ޝޯޓް ކޯޑް ލައިން ތަޢާރަފްކުރުމުގެ މަސައްކަތަކީ ކުއްލި ހާލަތްތަކުގައި ގުޅަންޖެހޭ އިދާރާ ނޭނގިގެން ރައްޔިތުންނަށް ދިމާވާ ދަތިތައް ހައްލުކޮށް، ލުއިފަސޭހަކުރުމަށް ކުރިއަށް ގެންދާ މަސައްކަތެކެވެ. ސަރުކާރުން މިކަމާ ގުޅޭ މަޝްވަރާތައް ފަށާފައިވާއިރު، ވީހާވެސް އަވަހަށް މިޚިދުމަތް ގާއިމުކޮށް ރައްޔިތުންނަށް ފޯރުވައިދެވިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.
މިހާރު ރާއްޖޭގައި ކުއްލި ހާލަތްތަކުގައި ގުޅަންޖެހެނީ ވަކިވަކި އިދާރާތަކުގެ ވަކިވަކި ނަންބަރުތަކަށެވެ. ނަމަވެސް "ޝޯޓްކޯޑް ލައިން" ގެ ހިދުމަތާއެކު މި މައްސަލައަށް ހައްލު ލިބިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު