ބިލެތްހުނި | ފޮޓޯ: މީސްމީޑިއާ
ބިލެތްހުނި | ފޮޓޯ: މީސްމީޑިއާ
ބިދޭސީން ހިންގާ ބައެއް ސައިހޮޓާ ކެފޭ ފަދަ ތަންތަނުގައި ބިލެތްހުނީގެ ބަދަލުގައި ކޯނިސްޕައުޑަރ ދޭ މައްސަލައެއް ފެންމަތިވެއްޖެއެވެ.

މީސް މީޑިއާގައި މިއަދު ޙިއްސާކޮށްފައިވާ މެސެޖެއްގައި ބުނެފައިވަނީ ބިލެއްހުނީގެ ނަމުގައި ބިދޭސީން ހިންގާ ކެފޭ ތަކުގައި ދުފާއެއްޗިއްސާއެކު ވިއްކަމުން ދަނީ ކޯނިސް ޕައުޑަރު ކަމަށެވެ. އަދި މި ބޭނުންކުރާ ބައެއް މީހުން ފިޓު ޖެހި، އޮއްދާ ހިއްލާ ހިތުގެ ހިނގުން އަވަސްވުންފަދަ މައްސަލަތައް ދިމާވެފައިވާ ކަމަށް އެ މެސެޖުގައި ވެއެވެ.

އެކަމާ ގުޅިގެން ހެލްތު މިނިސްޓްރީން މިއަދު ރަސް އޮންލައިނަށް މަޢުލޫމާތުދެމުން ބުނެފައިވަނީ އެމައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެކަން ބަލަމުންދާ ކަމަށެވެ.



ބިދޭސީން ހިންގާ ބައެއް ސައިހޮޓާ ކެފޭ ފަދަ ތަންތަނުގައި ބިލެތްހުނީގެ ބަދަލުގައި ކޯނިސްޕައުޑަރ ދޭ މައްސަލައެއް ފެންމަތިވެފައިވާއިރު ބުޅާ މަސް އަޅައިގެން ކާބޯތަކެތި ތައްޔާރު ކުރި މައްސަލައެއްވެސް މިހާރު ވަނީ ފެންމަތިވެފައެވެ.

އަދި ފުލުހުން މިހާރު ވަނީ އެ ޢަމަލު ހިންގި ބިދޭސީ މީހާ ހައްޔަރުކޮށް އިމިގްރޭޝަނާ ޙަވާލުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


-3

އަހުމަދު ޖަނާހު

26-Aug-2024

ގޮތް ނިންމާނީ ރައްޔިތުން ރައްޔިތުންނާ ހަވާލްކުރޭ


2

މަ

26-Aug-2024

ސަލާމަތެއް ނެތެއްނުން. މި ކަހަލަ ތަންތަން ބަލާ މި ކަންކަން ހުއްޓުވަން ޖެހޭ. ކޮބައިތަ އެޗްޕީއޭ، އެމްއެފްޑީއޭ؟ އަދިވެސް ހަމަ ހިމޭނުން ތިބެނީ. ޒިންމާއެއް ނެތް ބަޔަކީތަ؟



ޓްރެންޑިން