ތައިލޭންޑުން ނުރައްކާތެރި މަކުނުވިދުރިއަށް ޝައްކު ކުރެވޭ ވޭދަނައެއް ފެނިއްޖެއެވެ.
ގިނަ އަދަދަކަށް ދިވެހިން ދަތުރުކުރާ ތައިލެންޑުން މަކުނުވިދުރި ނުވަތަ އެމްޕޮކްސްއަށް ޝައްކު ކުރެވޭ ވޭދަނައެއް ފެނިފައިވާއިރު މިއީ އެގައުމުން މި ބަލި ފެނުނު ފުރަތަމަ ފަހަރުކަން ފާހަގަ ކުރެވެއެވެ.
މަކުނު ވިދުރީގެ ކޭސްތައް ހަލުވިކަމާއެކު އެފްރިކާ ބައްރުގެ ގިނަ ގައުމުތަކުން ފެނުމާއެކު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައެވެ. އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން ސުވިޑްންއިން މި ބަލި ފެނުނެވެ. އަދި މިހާރު ޕާކިސްތާނާއި ފިލިޕިންސުންވެސް މި ބަލީގެ ވޭދަނަތައް މި ވަނީ ފެނިފައެވެ.
ތައިލޭންޑުގެ ކަމާބެހޭ ފަރާތްތަކާ ހަވާލަދީ ބޭރުގެ މީޑިޔާ ރިޕޯޓްތަކުން ބުނާ ގޮތުގައި އެގައުމުން ފެނިފައިވާ ކަމަށް ޝައްކު ކުރެވެނީ އެ ބަލީގެ ނުރައްކާތެރި ވައްތަރެކެވެ. އެގޮތުން މިއަދު އެ ބަލި ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭ މީހަކު ފެނިފައިވާއިރު، އޭނާއަކީ އެގައުމަށް ޒިޔާރަތް ކުރި ވިލާތު ގައުމެއްގެ މީހެއް ކަމަށް ވަނީ ބުނެފައެވެ. އަދި އޭނާ އައިސްފައިވަނީ އެފްރިކާ ގައުމަކުން ކަމަށް ވެސް ވަނީ ބުނެފައެވެ.
ބަލި ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭ މީހާ އަށް ޖެހިފައިވަނީ ބަލީގެ ކޮން ވައްތަރެއްތޯ ބަލަން ތަހުލީލުތައް ހަދަމުން އަންނަ ކަމަށް މީޑިޔާތަކުން ވަނީ ބުނެފައެވެ. އަދި މިހާރު އޭނާ ވަނީ އެކަހެރިކޮށްފައެވެ.
މަންކީޕޮކްސް ނަމުން ނަން ދެވިފައިވާ މި ބަލި އެންމެ ފުރަތަމަ ފެނިފައިވަނީ 1958 ވަނަ އަހަރު ޑެންމާކުންނެވެ. އޭގެ ފަހުން މިދިޔަ 2022 ވަނަ އަހަރުގެ ނޮވެންބަރު މަހުގައި ވަނީ މި ބަލީގެ ނަން، އެމްޕޮކްސްއަށް ބަދަލު ކޮށްފައެވެ.
މިހާތަނަށް އައި އިރު މި ބައްޔަށް ވެކްސިނެއް އުފެއްދިފައި ނެތްކަން ފާހަގަ ކުރެވެއެވެ. ނަމަވެސް އިންޑިޔާގެ ކުންފުންޏަކުން އިއްޔެ ވަނީ މަކުނުވިދުރިއަށް ވެކްސިނެއް އުފައްދަން ނިންމާފައިވާކަން ހާމަކޮށްފައެވެ. އަދި ވެކްސިނެއް އުފައްދަން އަހަރެއްހާ ދުވަސް ނަގާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު