އެޗްޕީއޭއިން އާންމުކޮށްފައިވާ އުސޫލާ ޚިލާފަށް މާލެއިން ގޮސް.، ހަދަމުންދާ ރިސޯޓެއްގައި ތިބުމަށްފަހު ރ.އަލިފުށްޓަށް ދިޔަ 2 މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 47އ، އަދި 36އ ދިވެހި 2 ފިރިހެނުން ކަމަށްވެސް ފުލުހުން ބުނެއެވެ. މި ދެމީހުން ހައްޔަރުކޮށް ރ. އަލިފުށީ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ރޭގެ ވަގުތެއްގައި ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ފުރަބަންދުތެރޭ މާލެއިން ރަށްރަށަށް ދަތުރުކުރުމާގުޅޭ ގޮތުން އެޗްޕީއޭއިން އާންމުކޮށްފައިވާ އުސޫލާއި ޚިލާފަށް ރަސްމީ އެއްވެސް ފަރާތެއްގެ ހުއްދަނެތި، މާލެއިން ފުރައިގެންގޮސް، ހަދަމުންދާ ރިސޯޓެއްގައި ތިބުމަށްފަހު މި މަހުގެ 15 ވަނަ ދުވަހުގެ ވަގުތެއްގައި ރ. އަލިފުށްޓަށް ދިއުމުން ކަމަށެވެ.

އަދި މިމައްސަލައާއި ގުޅިގެން އެދެމީހުންގެ ބަންދުގެ މުއްދަތާއިމެދު ގޮތެއް ނިންމުމަށް ރ. އުނގޫފާރު މެޖިސްޓްރޭޓް ކޯޓުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދިޔަ މުއްދަތު މަޖުލީހުގައި އެދެމީހުންގެ ބަންދަށް 15 ދުވަހުގެ މުއްދަތު ދީފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން