ކުއްލި ހާލަތުގައި ހަރަކާތްތެރިވާނޭ ގޮތުގެ ޕްލޭން އެކުލަވާލުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާއި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މިކަމަށްޓަކައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ސްޓެލްކޯގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީއެވެ. އަދި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ފަރާތުން ސޮއިކުރެއްވީ އެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ޙަސަން އެވެ.
މި ފަހުމުނާމާގެ ދަށުން ސްޓެލްކޯގެ މަސައްކަތްތައް ހިންގުމަށް މިހާރު ރާވާފައިވާ ނިޒާމުތަކުގައި ހުރި ނިޒާމީ ހިރާސްތައް ދެނެގަތުމަށް އެންޑީއެމްއޭ އިން އެހީވާނެއެވެ. އަދި ސްޓެލްކޯގައި އެކުލަވާލާފައިވާ ކްރައިސިސް މެނޭޖްމަންޓްގެ އޮނިގަނޑުތައް ދިރާސާކުރުމުގެ އިތުރުން ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު ކުންފުނީގެ ކްރައިސިސް މެނޭޖްމަންޓާއި، ކުއްލިޙާލަތުގައި އިޖާބަ ދިނުމުގެ ޤާބިލުކަމުގެ އޮނިގަނޑު ކުރިއަށްގެންދިއުމުގެ އެނަލިސިސް އެއް ހަދައި ރަނގަޅު ކުރެވެން ހުރި ކަންކަން ދެނެގަނެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
މި ފަހުމްނާމާގެ ދަށުން ސްޓެލްކޯއަށް އައު ކްރައިސިސް މެނޭޖްމަންޓް ޕްލޭނެއް ޤާއިމްކުރެވިގެންދާނެ ކަމަށާއި ނުރައްކާތަކާއި ގުޅިގެން އަމަލުކުރާނެ ގޮތާއި ކުންފުނީގެ އެތެރޭގައި ބޭނުންކުރާނެ ކްރައިސިސް މެނޭޖްމަންޓް ފްރޭމްވަރކެއް އެކުލަވާލެވޭނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ. އަދި ކުންފުނީގައި ކޮމްޕެނީ އެމަރޖެންސީ ރެސްޕޮންސް ޓީމެއް ޤާއިމްކޮށް، މި މަސައްކަތަށް ސްޓެލްކޯގެ މުވައްޒަފުންގެ ތެރެއިން ޓީމެއް ތަމްރީނުކުރުމުގައި އެންޑީއެމްއޭގެ އެހީތެރިކަން ލިބޭނެ އެވެ.
މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން ކުއްލިޙާލަތުގައި އަމަލުކުރާނެ ގޮތުގެ އަމަލީ އެކްސަސައިޒްތައް ކުރިއަށްގެންދަން ހަމަޖެހިފައިވާއިރު ކުއްލިޙާލަތުގައި ރައްކާތެރިކަމާއެކު ސްޓެލްކޯގެ އިމާރާތްތަކުން މީހުން ހުސްކުރުމަށް މިހާރު އެކުލަވާލާފައިވާ ޕްލޭންތައް ވިލަރެސްކޮށް، އެފަދަ ޕްލޭންތައް އަދާހަމަކުރެވޭނެ ކަމަށްވެސް ސްޓެލްކޯ އިން ވަނީ ބުނެފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވީ ކާރިސާތަކުގައި އެންޑީއެމްއޭއާ ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން އެ ކުންފުނިން މަސައްކަތްކުރަމުން އަންނަ ކަމަށާއި ނަމަވެސް އެ ކުންފުންޏަށް މިފަދަ ކާރިސާތަކުގައި އަމަލުކުރާނެ ގޮތެއް އަދި ގާއިމު ކުރެވިފައި ނެތް ކަމަށެވެ.
”ޤައުމީ ކާރިސާތަކުގަ އަމަލުކުރާނެ ގޮތްތަކެއް ކަނޑައެޅިފައެއް ނެތް. އެހެންނަމަވެސް އަޅުގަނޑުމެންގެ ތެރޭގަ އެބަހުރި އަޅުގަނޑުމެންގެ ތެރޭގަ ހިނގާ ކަންތައްތަކުގަ އަމަލުކުރާނެ ގޮތްތަކެއް ކަނޑައެޅިފަ. ޤައުމީ ފެންވަރެއްގަ ގުޅިގެން މިފަދަ މަސައްކަތެއް ކުރުން މުހިއްމުކަން އަޅުގަނޑުމެންނަށް ފެންނާތީ ސްޓެލްކޯއާ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާ އެކު ވެވުނު މަޝްވަރާތަކުގެ މަތިން މިއަދު މި ފަހުމުނާމާގައި މި ސޮއިކުރީ.“ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވި އެވެ.
އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ޙަސަން ވިދާޅުވީ ކާރިސާއާ ބެހޭ ކަންކަން ބެލެހެއްޓުމުގެ ޤާނޫނުގައި ކުންފުނިތަކުގެ ދައުރު ވަރަށް ބޮޑަށް ބަޔާންކުރެވިފައި އެބައޮތް ކަމަށާއި އަދި ކުންފުނިތަކުން ކާރިސާގެ ވަގުތު އެ އޮތޯރިޓީއާ އެކީގަައި މަސައްކަތް ކުރަން ކަނޑައަޅާފައިވާ ވަރަށް ބައިވަރު ދާއިރާތަކެއް އެބަހުރި ކަމަށެވެ.
ހިސާން ޙަސަން ވިދާޅުވީ މިއަދު ސޮއިކުރެވުނު އެމްއޯޔޫގެ ދަށުން ސްޓެލްކޯއާ އެކީގައި ކުރިއަށް އޮތް ތަނުގައި ފުޅާ ދާއިރާއެއްގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާ ކަމަށެވެ. އަދި ސްޓެލްކޯއަކީ ކްރިޓިކަލް ޚިދުމަތެއް ފޯރުކޮށްދެއްވާ ކުންފުންޏެއް ކަމަށާއި މި ޚިދުމަތަކީ ކާރިސާގެ ވަގުތުގަވެސް މުޖުތަމަޢުއަށް، މެދުނުކެނޑި ފޯރުކޮށްދޭންޖެހޭ ޚިދުމަތަކަށް ވާއިރު ކާރިސާގެ ވަގުތުގައިވެސް ހިދުމަތްތައް ދެވޭ ބަޔަކަށް އެ ކުންފުނި ހެދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު