މި ދުވަސްވަރު މަސްވެރިން މަހަށްފުރުމަށް ހިތްވަރުދިނުމުގެ ގޮތުން މިފްކޯއިން ކޮންމެ މަސް ދޯންޏަކަށް ތިން ޓަނުގެ އައިސް ހިލޭ ދޭން ނިންމައިފިއެވެ.

އެ ކުންފުނިން މިއަދު ބުނީ, އެ ކުންފުނީގެ ބެލުމުގެ ދަށުގައިހުރި އައިސްޕްލާންޓްތަކުގައި މިހާރު ހުރި ސްޓޮކް ހުސްވަންދެން ކޮންމެ ދޯންޏަކަށް ވެސް ތިންޓަނުގެ އައިސް މާދަމާގެ ނިޔަލަށް ހިލޭ ދޫކުރާނެ ކަމަށެވެ.

އެގޮތުން, މިފްކޯގެ ހުރިހާ ސެންޓަރުތަކުންނާއި ތިނަދޫ އައިސް ޕްލާންޓުން ވެސް ދޯނިތަކަށް ހިލޭ އައިސް ލިބޭނެކަމަށް ވަނީ ބުނެފައެވެ.

މިދިޔަ މަހު މަސްވެރިކަން ދަށްވުމުގެ ސަބަބުން ގިނަ ދޯނިތައް މަހަށް ނުފުރާކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް, މިހާރު މަސްވެރިކަން ރަނގަޅުވަމުން އަންނަކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން