ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު ނިއުޝާއާއި، ދެ މެމްބަރަކު ހޯމް އައިސޮލޭޝަންގައި ތިއްބެވިކަމަށް މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވަމުން، މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އައިސޮލޭޝަންގައި މިވަގުތު މަޖިލީހުގެ 2 މެމްބަރަކު ތިއްބެވި ކަމަށެވެ. އައިސޮލޭޝަންގައި ތިއްބެވި ދެ މެމްބަރުންނަކީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ އާއި ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދެވެ. އަދި މިވަގުތު މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާވެސް ހުންނެވީ އައިސޮލޭޝަންގައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މަޖިލީހުގެ ދެ މެންބަރަކާއި އަމީންއާންމު ނިއުޝާ އައިސޮލޭޝަންގައި ހުންނެވިއިރު، މީގެ ކުރިން ވެސް މަޖިލީހުގެ ބައެއް މެންބަރުން އައިސޮލޭޝަންއަށް ދިއުމަށް ފަހު، ފަހުން ޖަލްސާތަކުގައި ބައިވެރިވެ ވަޑައިގެންފައި ވެއެވެ. މެންބަރުން ދޭތެރެ ދޭތެރެއިން އެކަހެރިވާން ޖެހުނު ނަމަވެސް މިހާތަނަށް އަދި މަޖިލިސް މެންބަރަކު ކޮވިޑް-19 އަށް ފައްސިވެފައެއް ނުވެއެވެ.

ކޯވިޑް19 އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއިއެކު މަޖިލިސް ކުރިއަށް ގެންދަވާއިރު، މަޖިލިސްގެ ބައެއް މުވައްޒިފުންވެސް ކޯވިޑް19 އަށް ވަނީ ޕޮޒިޓިވްވެފައެވެ. ކޯވިޑަށް މުވައްޒިފުން ޕޮޒިޓިވް ވުމާއި ގުޅިގެން 2 ފަހަރެއްގެ މަތިން މަޖިލިސް އިދާރާވަނީ ޑިސް އިންފެކްޓް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން