ރާއްޖެއަށް ދެ ކިލޯގެ ހެރޮއިން އެތެރެކުރި ބިދޭސީއަކު އަތުލައިގެންފި އެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު ބަންދު އަމުރުގައިވާ ގޮތުން ވެލާނާ ހެރޮއިން އެތެރެކުރީ ޕާކިސްތާނަށް ނިސްބަތްވާ 49 އަހަރުގެ ފިރިހެނެކެވެ.

ބަންދު އަމުރުގައިވާ ގޮތުން ހެރޮއިން އަތުލައިގަތީ ވެލޭނާ އިންޓަނޭޝަނަލް އެއާޕޯޓުން އޭނާގެ ދަބަހުންނެވެ.

އެހެންވެ މުޖުތަމައުގެ ސަލާމަތަަށް ޓަކައި އޭނާ 30 ދުވަހަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރަން ކްރިމިނަލް ކޯޓުން ވަނީ އަމުރު ނެރެފަ އެވެ.

ރާއްޖެއަށް މަސްތުވަތާކެތި ގިނަ އަދަދަކަށް އެތެރެކުރާ އިރު ފަހަކަށް އައިސް އަތުލައިގަންނަ މަސްތުވާތަކެތި ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން