ސިއްރާގައި ފާޅުގައި ކުރާ އަމަލުތައް މަލާއިކަތުން ލިއުއްވާކަން ދެނެ ތަގުވާވެރި ބަޔަކަށް މުއިމުނިން ވާން ޖެހޭ ކަމަށް މިއަދުގެ ހުތުބާގައި ބުނެފި އެވެ.
މިއަދުގެ ހުތުބާގައި ބުނީ މަލާއިކަތުންނަށް އީމާންވުމަކީ އީމާންކަމުގެ ރުކުނެއް ކަމަށާއި އެއީ މާތްﷲ މާތްކުރައްވައިފައިވާ މަހުލޫގުންތަކެއް ކަމަށެވެ.
ހަމަ އެހެންމެ މުސްލިމުން މަލާއިކަތުންނަށް އީމާންވާން ޖެހޭނީ ކީރިތި ޤުރްއާނާއި މާތް ނަބިއްޔާގެ ސުންނަތުން ސާބިތުވާ ގޮތަށް ކަމަށާއި މަލާއިކަތުންނަކީ ފިރިހެން ނުވަތަ އަންހެން ޖިންސަށް ނިސްބަތްވާ ބަޔެއް ނޫން ކަމަށާއި اللَّه ގެ އިޛުނަފުޅަށް އިންސާނުންގެ ސިފައިގައި މަލާއިކަތުން ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށް ހުތުބާގައި ބުނެފައި ވެއެވެ. އަދި މަލާއިކަތުންނަށް ކެއުމާއި ބުއިމާއި އަރާމުކުރުން ބޭނުންނުވާކަމަށް ވެސް ބުނެފައި ވެއެވެ.
ހުތުބާގައި ބުނީ މަލާއިކަތުންނަކީ މާތް اللَّهއަށް ކިޔަމަންގަތުމަށް ހައްދަވައިފައިވާ ބަޔަކަށްވާއިރު މަލާއިކަތުންގެ އަދަދު اللَّه ފިޔަވައި އެއްވެސް މަހުލޫގަކަށް ވެސް ނޭނގޭނެ ކަމަށެވެ.
އަދި މަލާއިކަތުން އެކި ކަންކަމަށް ހާއްސަކޮށްފައިވާ ކަންވެސް ހުތުބާގައި ފާހަގަކޮށްފައި ވެއެވެ. އެގޮތުން މާތް ﷲއަށް ކިޔަމަންގަނެ އަޅުކަންކޮށް، ޤުރްއާން ކިޔަވައި، اللَّه ހަނދުމަކުރާ މީހުންނަށް ރަޙްމަތްލެއްވުމަށް އެދި ދުޢާކުރައްވާ މަލާއިކަތުންނާއި އަރުޝި އުފުއްލަވާ މަލާއިކަތުންނާއި ނަރަކަޔާއި ސުވަރުގެއަށް ކަނޑައަޅުއްވާފައި ތިއްބަވާ މަލާއިކަތުންނާއި ވަހީގެ މަލާއިކަތާ ޖިބްރީލުގެފާނާއި ގިޔާމަތް ދުވަހު ތާޅަފިލި ފުމެލެއްވުމާއި، މަހުލޫގުންގެ މަރުހިއްޕެވުމަށް ވެސް މަލާއިކަތުން ހާއްސަކޮށްފައިވާ އިރު މީސްތަކުންގެ ޢަމަލުތައް ލިޔުއްވާ މަލާއިކަތުން ހިމެނޭ ކަން ހުތުބާގައި ހަނދާންކޮށްދީފައި ވެއެވެ.
"އެހެންކަމުން މުއުމިނުން ވާންޖެހޭނީ، ސިއްރާއި ފައުޅުގައި ކުރާ ޢަމަލުތައް ލިޔުއްވުމަށް ޓަކައި، ކޮންމެ މީހަކާއެކު اللَّه تَعَالَى މަލާއިކަތުން ލައްވައިފައިވާކަން ދަނެ، އަމަލުތައް ސީދާކޮށް اللَّه تَعَالَىއަށް ތަގުވާވެރިވާ ބަޔަކަށެވެ." ހުތުބާގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު