ޑޮލަރުގެ އަގު ކަޅުބާޒާރަށް އަރައި ސުވެނިއާ ވިޔަފާރިތައް ބަނގުރޫޓްވަމުންދާތީ އެމީހުންގެ ދިފާއުގައި އެމްއެމްއޭ ކުރިމައަށްޗަށް މިއަދު ވަޑައިގެންނެވުމަށް ޖާބިރު ނިންމަވައިފިއެވެ.
ޑީއާރުޕީން ހާމަކޮށްފައިވާ ގޮތުގައި ޖާބިރު މިއަދު ހަވީރު އެމްއެމްއޭ ކުރިމަށްޗަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހަވީރު 4 ޖަހާއިރުގައެވެ. އިޤްތިޞާދީ ގޮތުން ރާއްޖެ ބޮޑު އަދަވަޅަކަށް ވެއްޓި ޑޮލަރުގެ އަގު އިންތިހާޔަށް އަރާފައިވާއިރު މިކަން ހައްލު ކުރުމަށް ސަރުކާރުން އެކަށީގެން މަސައްކަތް ކޮށްފައި ނުވާކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ.
މިކަމުގެ ސަބަބުން އެންމެބޮޑު ގެއްލުމެއް ލިބެމުންދަނީ ކުދި ވިޔަފާރިތަކާއި ރާއްޖޭގެ ފަތުރުވެރިކަމާއި ގުޅުންހުރި ވިޔަފާރިތަކަށްވާއިރު މިކަމަށް ހައްލެއް އަންނަންޖެހޭކަމަށް ޖާބިރު ވިދާޅުވިއެވެ. އަދި ވަކިން ޚާއްސަކޮށް މިހާލަތުގައި ސުވެނިއާ ވިޔަފާރި ކުރާ ފަރާތްތަކަށް މިކަމުގެ ނޭދެވޭ އަސަރު އިންތިހާއަށްކޮށްފައިވާއިރު އެފަރާތްތަކާ އަޅާލާނެ ބަޔަކު ނެތްކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ.
"ޑޮލަރުގެ އަގު ކަޅުބާޒާރުގައި އާދަޔާއި ޚިލާފަށް މައްޗަށް އަރާ ސުވެނިޔާ ވިޔަފާރި ކުރާފަރާތްތައް ބަނގުރޫޓު ވަމުންދާތީ ވިޔަފާރި ވެރިންނާއި ބައްދަލުކޮށްލުމަށް ޑީއާރުޕީގެ ލީޑަރު ޗެއާމަން ޖާބިރު މިއަދު ހަވީރު 4 ޖަހާއިރު އެމްއެމްއޭ ކުރިމައްޗަށް ވަޑައިގަންނަވާނެ." ޑީއާރުޕީން ބުނެފައިވެއެވެ.
ޖާބިރުވަނީ އެކި ފަހަރުމަތީން ރާއްޖޭގެ އިޤްތިޞާދަށް ލިބެމުންދާ ގެއްލުންތަކާއި ގުޅިގެން އެކަން ބެލުމަށް ތަކުރާރުކޮށް ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު