ވައްކަމާއި ކޮރަޕްޝަނާއި ދެކޮޅަށް އަޑުއުފުލައި އެކަންކަން ވިޔަ ނުދޭނެކަމަށް ވަކާލާތު ކުރެއްވި ދާއިރާގެ މެމްބަރު ޔައުޤޫބް އަބްދުﷲ، މިއަދު މިހުރިހާ ވައްކަމެއް ކުރަމުންދާއިރު ވީ ކޮންތާކުތޯ ވިދާޅުވެ ޑރ.ޝަހީމް ސުވާލު އުފައްދަވައިފިއެވެ.
ޑރ.ޝަހީމް ނިސްބަތްވެ ވަޑައިގަންނަވާ ދާންދޫ ދާއިރާގެ މެމްބަރު ޔައުޤޫބް އަބްދުﷲ އަކީ ވެރިކަމަށް އައުމަށްޓަކައާއި، މެމްބަރުކަމުގެ މަޤާމަށް އިންތިޚާބް ވުމުގެ ކުރިން ކޮރަޕްޝަނާއި ދެކޮޅަށް ވަރަށްބޮޑަށް ވަކާލާތުކުރައްވައި ހެއްދެވި ބޭފުޅެކެވެ. ޚާއްސަކޮށް އިންތިޚާބުގެ ބަހުސް ގައި ޔައުގޫބް ދެއްކެވި ވާހަކަތަކަށް އޭރު ވަރަށް ގިނަ ބަޔަކު ތައުރީފްކޮށް އޭނާގެ ގާބިލްކަމާއިމެދު ދިޔައީ ވާހަކަ ދައްކަމުންނެވެ.
ނަމަވެސް ވެރިކަން ލިބި މަޖިލިސް ގޮނޑި ލިބުމަށްފަހު ރާއްޖޭގައި ހިނގައިދިޔަ އެއްވެސް ކޮރަޕްޝަންގެ އަމަލެއް ޔައުގޫބަށް ފެނިވަޑައިނުގެން އެކަންކަމާއި އަޅާނުލާ މައްސަލާގައި ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އޭނާއަށް އަމާޒުވެފައެވެ. ތިމަންނާއަކީ އޮޑިޓަރެއް ކަމަށާއި، ވައްކަން ކުރާ މީހުން ހިފާ ހައްޔަރުކޮށް ހައްގު އަދަބު ދެއްވާނެކަމަށް ޔައުގޫބްވަނީ ވިދާޅުވެފައެވެ.
ދާދިފަހުން ފެންމަތި ވެފައިވާ މި ސަރުކާރުގެ ކޮރަޕްޝަންގެ ބޮޑު ދެ ރިޕޯޓާއި ގުޅިގެންނާއި އަދިވެސް ތުހުމަތު ކުރެވޭ އެތައް ކޮރަޕްޝަންގެ މައްސަލަތަކުގައި މެމްބަރު ޔައުގޫބްގެ އަޑެއްނީވޭ މައްސަލާގައި ޝަހީމް އަމިއްލަ ރަށު ބަހުރުވައިން ކުރެއްވި ޓްވީޓުގައި ވިދާޅުވީ މިހުރިހާކަމެއް ހިނގާއިރު މެމްބަރު ހުރީކޮންތާކުކަން އެނގިވަޑައިގަންނަވަން ބޭނުންވާކަމަށެވެ. މެމްބަރު އިންތިޚާބު ވިއިރު ވެފައިވާ ވައުދުތަކާއި އެއްގޮތަށް މިއަދު އަމަލު ކުރައްވަމުން ގެންދަވަމުތޯ ވިދާޅުވެ ރަށު ބަހުން އޭނާ ވަނީ ޔައުގޫބާއި ސުވާލު ކުރައްވާފައެވެ.
"އަހަންނަގެ ދާއިރާ މެމްބަރު ޔައުޤޫބު އަބްދުﷲ. ހުތާ ބޭބޭ ރަނާ، މިތެއިހެއި ވައްކަމެކެ ކެރަނެވޭލޭ ތަތި ވޮންނައު ކޮންތާކު؟ ހަބަރާކަސް ނުވެއި. އަޖައިބެ ހައިރާނޭގެ ތަ ތިވޮންނާ ލިކުން ހައްގަން. އެކަމަކު ބޮނަންނޭ ތޭމިހާ މީބޫ ވަގެ ހިފަނެ އޮޑިޓަރަކުންމާޔޯ؟ އަޖައިބެ އަންތަރީސްވެގެ ތާއި ދޭތެރޭ!" ޑރ. ޝަހީމް ރަށު ބަހުރުވައިން ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.
ރާއްޖޭގައި މިހާތަނަށް ކުރެވުނު އެންމެ ބޮޑު ޚިޔާނާތައި ގުޅިގެންވެސް މެމްބަރު ޔައުގޫބް ވިދާޅުވެފައިވަނީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގައި ބައިވެރިވެފައިވާ މީހުންގެ ނަންތައް ސިއްރު ނުކުރާނެ ކަމަށާ ހުރިހާ އެންމެންގެ މައުލޫމާތު ހާމަ ކުރައްވާނެ ކަމަށެވެ. ނަމަވެސް މިއަދާއި ހަމަޔަށްވެސް އެކަންވެސް ކުރެއްވިފައެއް ނުވެއެވެ. އަދި މިސަރުކާރުން ހިންގާ ވައްކަމުގެ މައްސަލަތައް ބެލުމުގައި ޔައުގޫބް ހިމެނޭ ކޮމިޓީއާއި ސަރުކާރުންވެސް މިހާތަނަށް ކުރެއްވި މަސައްކަތުގެ ނަތީޖާއެއް ނުފެންނަކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު