ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަތީފް
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަތީފް
އެއްވެސް ކަމަކީ ދާއިމަށް ތިމާގެ ޙައްޤެއް ކަމަށް ދެކިގެން ނުވާނެ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަތީފް ނަޞޭޙަތުގެ މެސެޖެއް ދެއްވައިފިއެވެ.

މީސްމީޑިއާ މެދުވެރި ކުރަށްވައި ފޮނުއްވި މެސެޖެއްގައި ނައިބުރައީސް މިއަދު ވިދާޅުވީ ކޮންމެ ކަމަކީވެސް ވަގުތު ކަނޑައެޅިގެންވާ ކަމެއް ކަމަށާއި އެއީ ދުނިޔޭގެ އާދަ ކަމަށެވެ. ހަމައެއާއެކު އެލިބުނު ވަގުތަށް އިޙްތިރާމުކޮށް ޝުކުރުވެރި ވުމުން ލިބޭ ޤަދަރާއި، އުފާވެރިކަން މާ ރަނގަޅު ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

“އެއްވެސް ކަމަކީ ދާއިމަށް ތިމާގެ ހައްގެއް ކަމަށް ނުދެކޭށެވެ.” ނައިބުރައީސް ވިދާޅުވެފައިވެއެވެ.



ވަކި ބޭފުޅަށް އަމާޒު ކުރެއްވުމެއްނެތި ނައިބުރައީސް މިފަދަ ނަސޭޙަތެއް ދެއްވާފައިވާއިރު ކުރިން އެމަނިކުފާނަކީ ކުރީގެ ރައީސް ޔާމީން އެންމެ އިތުބާރު ކުރެއްވި އެއް ފަރާތެވެ. އަދި ރައީސް ޑރ. މުޢިއްޒުގެ ނައިބު ރައީސަކަށް ސެންބެ ޢައްޔަނު ކޮށްފައިވަނީ ރައީސް ޔާމީންގެ އިރުޝާދާއެކު ކަމަށްވެސް ޕީޕީއެމްގެ އިސް ފަރާތްތަކުން ކުރިން ވަނީ ބުނެފައެވެ.

ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފަކީ ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރުކަން ޕީޕީއެމްގެ ޓިކެޓްގައި ދެ ދައުރު ފުރުއްވާފައިވާ ބޭފުޅެކެވެ.


ކިޔުންތެރިންގެ ހިޔާލު


1

ތެދުވެރިޔާ

26-Aug-2024

100% ޔަގީިން



ޓްރެންޑިން