އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު
އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު
ސިޔާސީ ނުތަނަވަސްކަމުގެ ތެރެއަށް އެމަނިކުފާނުގެ ދަރިން ނުވެއްދުމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު އެދިވަޑައިގެންފިއެވެ.

ވަޒީރު ސައީދު މިއަދު ވިދާޅުވީ ސިޔާސީގޮތުން އެމަނިކުފާނަށް ފާޑުކިޔުމަކީ މައްސަލައެއްނޫން ކަމަށާއި ނަމަވެސް ދޮގު ޚަބަރު ފަތުރައި އެމަނިކުފާނުގެ ތުއްތު ދަރިފުޅުގެ މުޅި ތައުލީމީ ހަޔާތް ނުތަނަވަސްކަމުގެ ތެރެއަށް ވައްޓާލުން ބަލައި ނުގަނެވޭނެ ކަމަށެވެ.

“ހަސަންކުރުސީގެ ނަމުގައި ފިލާތިބެ ބަޔަކު ޒާތީވެ، އަޅުގަނޑުގެ 4 އަހަރުގެ ތުއްތުދަރިފުޅުގެ މުޅި ތަޢުލީމީ ޙަޔާތް ނުތަނަވަސްކަމުގެ ތެރެއަށް ވައްޓާލައި ދޮގުޚަބަރުތައް ފެތުރުމަކީ ނާތަހުޒީބު ޢަމަލެއް.” ވަޒީރު ސަޢީދު ވިދާޅުވެފައިވެއެވެ.



މީސްމީޑިއާގައި ވަޒީރު ސަޢީދު މިގޮތަށް އެދިވަޑައިގެންފައިވާއިރު ޙަސަން ކުރުސީގެ ނަމުގައި މީސްމީޑިއާގައި ހިންގާ އެކައުންޓުން ވަނީ އަޖިއަލް އިންޓަނޭޝަނަލް ސްކޫލުގައި ކިޔަވަމުންދާ ވަޒީރު ސައީދުގެ ދަރިފުޅާމެދު އަމަލުކުރި ގޮތަކާމެދު ހިތްހަމަނުޖެހިގެން އެ ސްކޫލުގައި މަސައްކަތްކުރާ އިނގިރޭސިވިލާތުގެ ޓީޗަރެއް ޑީޕޯޓްކުރަން ވަޒީރު ސަޢީދު މަސައްކަތްކުރަށްވާ ކަމަށް ތުހުމަތު ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން