ސިންގަޕޫރަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ފޮރިން މިނިސްޓްރީގެ ޗީފް އޮފް ޕްރޮޓޮކޯލް އިބްރާހީމް ޝަހީބު ހަމަޖެއްސުމުގެ މައްސަލަ ކޮމިޓީއަށް ފޮނުވައިފިއެވެ.

މިމައްސަލަ ދިރާސާ ކުރެއްވުމަށް ފޮނުވާފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީ އާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށެވެ. ފޮރިން މިނިސްޓްރީގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަޤާމު މިހާރުވެސް ފުރުއްވަމުންދާ އިބްރާހީމް ޝަހީބަކީ އެ މިނިސްޓްރީގައި ގިނަ ދުވަސްތަކެއް ވަންދެން ޙިދުމަތް ކޮށްދެއްވަމުންދާ ބޭފުޅެކެވެ.

1991 ވަނަ އަހަރުން ފެށިގެން ފޮރިން މިނިސްޓްރީގައި ހިދުމަަތް ކުރަމުންދާ ޝަހީބަކީ ކެރިއާ ޑިޕްލޮމެޓެކެވެ. މިފަހުން ރާއްޖެއިން ބޭރުގެ އެކި ޤައުމުތަކަށް ކަނޑައެޅުއްވި ސަފީރުންނަކީވެސް ސިޔާސީ ބޭފުޅުންނަށްވުރެ ބޮޑަށް ކެރިއާ ޑިޕްލޮމެޓުންކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން