މިފަދަ ހައްސާސް ދަނޑިވަޅެއްގައި ސަރުކާރުގެ ވުޒާރާތަކުގެ ތެރެއިން ކޮރަޕްޝަންގެ ނުބައި އަމަލުތަކެއް ހިންގުމަކީ ކުއްލި ސިހުމެއް ލިބިވަޑައިގެންނެވި ކަމެއް ކަމަށާއި އެކަމުގައި ރައީސުލްޖުމްހޫރިއްޔާ އަޅުއްވަމުން ގެންދަވާ ހަރުދަނާ ފިޔަވަޅުތަކަށް ފުރިހަމައަށް ތާއީދު ކުރައްވާ ކަމުގައި ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓްރީއާއި ޓޫރިޒަމް މިނިސްޓްރީގެ ކޯވިޑް-19ގެ ޚަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓާއި ގުޅިގެން ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ ހެލްތު މިނިސްޓަރ އަބްދުﷲ އަމީނާއި މިކަމުގައި ޝާމިލުވާ އެހެނިހެން ފަރާތްތަކާއިމެދު އަޅާފައިވާ ފިޔަވަޅުތަކަށް ތާއީދުކުރައްވައި، ޖުމްހޫރީ ޕާޓީގެ ލީޑަރު "ރަސް އޮންލައިން" އާއި ވާހަކަ ދައްކަވަމުން ވިދާޅުވީ އޮޑިޓް ރިޕޯޓާއި ގުޅިގެން ރައީސް ޞާލިހުގެ ނިންމެވުމަށް ޖޭޕީގެ ލީޑަރުގެ ފުރިހަމަ ތާއީދު އެބައޮތްކަމަށެވެ.

"އޮޑިޓް ރިޕޯޓާއިއެކު އަޅުގަނޑު މިހުރީ ވަރަށްބޮޑު ޝޮކެއްގައި. މިބާވަތުގެ ކަންކަން މިފަދަ ހައްސާސް ވަގުތެއްގައި ހިނގައި ދިއުމަކީ ވަރަށް ހިތާމަހުރި ކަމެއް. ކަންކަމަށް ޚަރަދު ކުރުމުގެ މަގުދައްކައިދޭ، ކަންކުރަންވީ ގޮތް ބުނެދޭ މާލިއްޔަތު ޤާނޫނާއި ގަވާޢިދުތައް އޮންނައިރު އެއަށް ފޮލޯ ނުކުރެވި އުސޫލުން ބޭރުން ކަންކަން ދިއުމަކީ ބަލައިގަނެވޭނެ ކަމެއްނޫން." ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ މިކަމުގައި ވަގުތުން ވަގުތަށް ރައީސް ޞާލިޙު އެޅުއްވި ފިޔަވަޅު ތަކަށް ފުރިހަމަ ތާއީދާއި އެއްބާރުލުން ދެއްވާނެ ކަމަށެވެ. އަދި މިމައްސަލައިގެ އެހެން މަރުހަލާ ތަކުގެ ކަންކަން އަވަސް މަގަކުން ނިންމުން އެއީ ވަރަށް މުހިންމުކަމެއްކަމުގައި ޤާސިމް ވިދާޅުވިއެވެ.

"މާލިއްޔަތު ގާނޫނުން ރަނގަޅު ގޮތުގައި ކަންކަން ކުރުމުގެ މަގު ފެންނަން އޮތަސް ބަޔަކު މާބޮޑަށް ދަހިވެތި ވެއްޖަނަމަ ކަމެއް ނުކުރާނެ ވާހަކައެއްނޫން. ކޮންމެ ޕާޓީއެއްގެ ތެރެއިން ސަރުކާރަށް ވަދެ ތިއްބަސް ގޯސް ހަދައިފިއްޔާ ފިޔަވަޅު އަޅައި އެކަން ބެލެންޖެހޭނެ. އަޅުގަނޑުމެން މިތިބީ ކޯލިޝަންގައި. ރައީސްގެ ނިންމެވުން ވާނީ ކޯލިޝަންގެވެސް ނިންމުމަށް. އެއަށް ތަބާވާ ނިންމެވުމަކަށް" ޤާސިމް ވިދާޅުވިއެވެ.

ކޮރަޕްޝަނާއި ފަސާދައާއި، މިފަދަ ނޭއްގާނީ އަމަލުތަކަކީ ޖޭޕީން ބަލައިގަންނާނޭ ކަމެއްނޫންކަމަށް ޤާސިމް ވިދާޅުވިއެވެ. އެއީ މިސަރުކާރުގެ އުސޫލުތަކާއި ސިޔާސަތު ތަކާއިވެސް ޚިލާފު ކަމެއްކަމަށާއި މިފަދަ ކަންކަމުގައި ރައީސް ޞާލިޙު، ސީދާ ވަގުތުން ވަގުތަށް ފިޔަވަޅު އަޅުއްވާކަމީ އުފާ ކުރަންޖެހޭ ކަމެއްކަމަށް ޤާސިމް ވިދާޅުވިއެވެ.

ކޯވިޑް-19އާ ގުޅޭ ޚަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ވާގޮތުން ހެލްތު މިނިސްޓްރީން ވަނީ ކޯވިޑް-19ގެ ޙާލަތާ ގުޅިގެން ވެންޓިލޭޓަރުގަތުމަށް އެކި ފަރާތްތަކާ ޙަވާލުކޮށްފައެވެ. އޭގެތެރެއިން 75 ވެންޓިލޭޓަރު ގަތުމަށް ޙަވާލުކުރި ދުބާއީގެ ކުންފުންޏަކާއެކު ކުރި މުޢާމަލާތާ ގުޅޭ ގިނަ މައްސަލަތަކެއް ރިޕޯޓުގައިވަނީ ފާހަގަކުރައްވާފައެވެ.

މިކަމާއި ގުޅިގެން ސަރުކާރުންވަނީ ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ރާއްޖެއަށް ބޭނުންވާ ސިއްޙީ ވަސީލަތްތައް ހޯދުމުގައި މަކަރާއި ޙީލަތް ހަދާފައިވާކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައި ވާތީ، އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަން ބަލައި ފަސްނުޖެހި ފިޔަވަޅު އަޅާނެކަން ހާމަކުރައްވާފައެވެ.

މިމައްސަލައިގައި ހެލްތު މިނިސްޓަރ އަމީން ވަޒީފާގެ ޒިންމާ ތަކުން އެކަހެރިވެ ވަޑައިގެންނެވުމުން ހެލްތު މިނިސްޓްރީ ހިންގެވުން ވަގުތީގޮތުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުވަނީ މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމާއި ހަވާލު ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


2

އައި

20-Aug-2020

ބަލަވެންޓިލޭޓަރުތައް ފެންފޮދަކާނުލައިދިރުވާލީމަވެސް ޖަލައްނުލީތީވަރައްކަންބޮޑުވާކަމެއް ކޮރަޕުސަންނައްތާލަން އައިސަރުކާރުފިށްކަޑައިގެންދާވަރައް ވައްކަންކޮށްފި އިސްތިއުފާދީ އިބޫ


6

ޖައުފަރު

18-Aug-2020

ސާބަހޭ ގާސިމް



ޓްރެންޑިން