ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ސެކްރެޓަރީ ޖެނެރަލް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު
ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ސެކްރެޓަރީ ޖެނެރަލް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު
ރާއްޖޭގެ މާލީ ޙާލަތު އޮތްގޮތުގެ ތެދު މަޢުލޫމާތު ރައްޔިތުންނަށް ބުނެދޭންޖެހޭ ކަމަށް ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ސެކްރެޓަރީ ޖެނެރަލް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިވަގުތު އެފްރިކާ ބައްރުގެ ގާނާގައި ދިރިއުޅުއްވާ ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު ރާއްޖެއަށް ޑޮލަރު ލިބުމުގައި ކުރިމަތިވެފައިވާ ދަތިކަމުން އަރައިނުގަނެވި ބޭންކް އޮފް މޯލްޑިވްސް އިން މިއަދު ވަނީ ރުފިޔާ އެކައުންޓުތަކުން ޑޮލަރުގެ މުޢާމަލާތް ނުކުރެވޭ ގޮތަށް ހަދާފައެވެ.

ބޭންކުގެ ކުއްލި ނިންމުމާ ގުޅިގެން ރައީސް ނަޝީދު މިއަދު ވިދާޅުވީ ރާއްޖޭގެ މާލީ ހާލަތު ގޯސްވެގެން ދިޔަގޮތާއި މާލީ ހާލަތު ރަނގަޅު ކުރަން ކުރަން ނިންމާފައިވާ ކަންތައްތައް ރައްޔިތުންނަށް ކިޔައިދިނުމަކީ ސިޔާސީ ވެރިންގެ ޒިންމާއެއް ކަމަށެވެ.

“މިޙާލަތުން އަރައިގަތުމަށް އަަމަލުކުރަން ރާވާފައި އޮތް ގޮތްތައް ސާފު ބަހުން ރައްޔިތުންނަށް ކިޔައިދޭން ޖެހޭނެ.” ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.



ރާއްޖެއަށް ޑޮލަރުގެ ތާށިކަން ކުރިމަތިވެފައިވާއިރު ނިމިގެން ދިޔަ ރައީސް ޞާލިޙްގެ ސަރުކާރުގައި ރައީސް ނަޝީދު ވަނީ ޗައިނާއިން ރާއްޖެއަށް ދީފައިވާ ލޯނުތަކަކީ ރާއްޖެއަށް ކުރިމަތިވެފައިވާ ދަރަނީގެ ދަންތުތައެއްގެ ގޮތުގައި ސިފަކުރަށްވައިފަ އެވެ. އަދި އެ މައްސަލައިގައި ޗައިނާގެ ސަފީރާ ރައީސް ނަޝީދާ ދެމެދު ޓުވިޓާގައި ބޮޑެތި ކޯޅުންތައް ވެސް ދޭތެރެ ދޭތެރެއިން ހިނގި އެވެ.

ރާއްޖޭގެ ދަރަނި ފާާއިތުވި 10 އަހަރުގެ ތެރޭގައި ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެގޮތުން 2026 ވަނަ އަހަރު ދަރަނީގެ ގޮތުގައި ރާއްޖެއިން އެއް ބިލިއަން ޑޮލަރު ދައްކަން ޖެހޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން