ކޯވިޑް-19ގައި ރާއްޖެއިން އުމުރުން 41 އަހަރުގެ މީހަކު ނިޔާވެއްޖެއެވެ.

އެޗްޕިއޭއިން ބުނީ، މިއަދު ނިޔާވެފައި ވަނީ އުމުރުން 41 އަހަރުގެ އަންހެނެއް ކަމަށެވެ. އޭނާއަކީ އައިޖީއެމް ހޮސްޕިޓަލްގައި ފަރުވާދެމުންދިޔަ މީހެކެވެ. މިއީ ރާއްޖެއިން މިބަލީގައި ނިޔާވި 24ވަނަ މީހާއެވެ. އަދި މިއީ މިބަލީގައި ނިޔާވި އެންމެ އުމުރުން ހަގު ދިވެހި މީހާއެވެ. އޭނާ ނިޔާވެފައި ވަނީ މިއަދު ހެނދުނު 09:34 ހާއިރު އައިޖީއެމްއެޗުގައެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވެ ނިޔާވި 24 މީހުންގެ ތެރޭގައި ހިމެނެނީ ދިވެހިންގެ 18 މީހަކާއި، ބިދޭސީންގެ 6 މީހެކެވެ. ފަހަކަށް އައިސް ރާއްޖޭގައި މިބަލީގައި ނިޔާވާ މީހުންގެ ޢަދަދު ވަނީ އިތުރުވެފައެވެ.

ކޯވިޑް-19އަށް ޕޮޒިޓިވް ވާ މީހުންގެ ތެރޭގައި ދިގު މުއްދަތަކަށް ފަރުވާ ހޯދަންޖެހޭ ބަލި މީހުން އިތުރުވަމުން ދިއުމާއި، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭ މީހުންގެ ޢަދަދު ފަހަކަށް އައިސް އިތުރުވެފައި ވާއިރު، މިކަމުގެ ސަބަބުން ރާއްޖޭގައި މިބަލީގައި ނިޔާވާ މީހުންގެ އިތުރުވެދާނެކަމުގެ ކަންބޮޑުވުން ޑޮކްޓަރުން ވަނީ ފާޅުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން