މާލީ ވުޒާރާ
މާލީ ވުޒާރާ
ސަރުކާރުގެ ޚަރަދުތައް ހަމަޖެއްސުމަށް 1.8 ބިލިޔަން ރުފިޔާގެ ޓްރެޜަރީ ބިލް ވިއްކައިފިއެވެ.

ދަޢުލަތުގެ މާލީ ވުޒާރާގެ ހިސާބުތައް ދައްކާގޮތުން ސަރުކާރުގެ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި ޖުމްލަ 4 ޓީ-ބިލް ވަނީ ވިއްކާފައެވެ.

އެއީ 28 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާފައިވާ 1.3 ބިލިޔަން ރުފިޔާގެ ޓީ-ބިލަކާއި 98 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާފައިވާ 20 މިލިޔަން ރުފިޔާގެ ޓީ-ބިލަކާއި 182 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާފައިވާ 231 މިލިޔަން ރުފިޔާގެ ޓީ-ބިލަކާއި 364 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާފައިވާ 294 މިލިޔަން ރުފިޔާގެ ޓީ-ބިލެކެވެ.

ސަރުކާރުން ވިއްކާފައިވާ ޓްރެޜަރީ ބިލުތަކުގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 އާއި 4.60 އިންސައްތައާއި ދެމެދުގައެވެ.

ޓީ-ބިލަކީ ބަޖެޓްގެ ދަރަނި ފޫބެއްދުމަށް ވިއްކާ ދައުލަތުގެ ދަރަންޏެކެވެ. ޓީ-ބިލް ގަންނަނީ ކޮމާޝަލް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އިންވެސްޓްމަންޓް ފަންޑުތަކާއި ޕްރައިވެޓް ކުންފުނިތަކުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން