އިމިގްރޭޝަންގެ އޮޕަރޭޝަންގެ ތެރެއިން
އިމިގްރޭޝަންގެ އޮޕަރޭޝަންގެ ތެރެއިން
ސާފުތާހިރުކަމެއް ނެތި ކާބޯތަކެތި ތައްޔާރު ކުރަމުންދިޔަ 15 ބިދޭސީން ހުއްޓުވައި އެމިީހުން ހިންގަމުންދިޔަ ވިޔަފާރި ބަންދުކުރުމަށް ނޯޓިސް ދީފިއެވެ.

އިމިގްރޭޝަނުން މިއަދު ބުނީ ގަވާއިދާ ހިލާފަށް އެއްވެސް ސާފުތާހިރުކަމެއް ނެތި، ބިދޭސީން ރާއްޖޭގައި ކުރަމުންދިޔަ ވިޔަފާރިއަކާ ގުޅިގެން އެއިދާރާއަށް ލިބުނު މަޢުލޫމާތަކާއެކު، 2024 އޮގަސްޓު 24 ވަނަ ދުވަހު ކަމާ ގުޅުންހުރި އިދާރާތައް ގުޅިގެން ޚާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

އެގޮތުން ހ.ބިއަންކާ (މާލެ)، ބަލައި ފާސްކޮށް އެތަނުގައި ގަވާއިދާ ހިލާފަށް އުޅެމުންދާ 15 ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. އަދި އެތަނުގައި ކުރަމުން ދިޔަ ވިޔަފާރި ހުއްޓުވުމަށް ނޯޓިސް ދީފައިވާ ކަމަށްވެސް އިމިގްރޭޝަނުން މަޢުލޫމާތު ދީފައިވެއެވެ.



ރޭވެސް އިމިގްރޭޝަނުން ވަނީ ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ސާފުތާހިރުކަމުގެ މިންގަނޑާއި ޚިލާފަށް ހިންގާ ހަ ތަނެއް ބަންދުކުރުމަށް ނޯޓިސް ދީފައެވެ. އަދި ސައްހަ ވިސާއެއް ނެތި އެ ތަންތަނުގައި މަސައްކަތް ކުރަމުންދިއަ ހަތަރު ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ބުނެއެވެ.

ގަވައިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ހިންގާ އޮޕަރޭޝަންގެ ތެރެއިން ނުތާހިރުކޮށް ކާބޯތަކެތި ތައްޔާރުކުރާ ތަންތަން ވެސް އިމިގްރޭޝަނުން ދަނީ ރެއިޑް ކުރަމުން ނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން