ކޮންގްރެސް ޕާޓީގެ ލީޑަރޝިޕް
ކޮންގްރެސް ޕާޓީގެ ލީޑަރޝިޕް
ރައީސް ޑރ. މުޙައްމަދު މުއިއްޒު ބައިވެރިވަޑައިގަންނަވާ ހަރުގެ ޖަލްސާއެއް މިރޭ އޮންނާނެ ކަމަށް ވެރިކަންކުރާ ކޮންގްރެސް ޕާޓީން ހާމަކޮށްފިއެވެ.

ޕީއެންސީން ބުނީ އެޕާޓީގެ ހަރުގެ ހިންގާ ހ. ވެޔޮވިލާގައި މިރޭ 20:30ގައި ޕާޓީގެ ހަރުގެ ޖަލްސާއެއް އޮންނާނެ ކަމަށެވެ.

މި ޖަލްސާގައި އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވާނެ ކަމަށްވެސް އެޕާޓީން މަޢުލޫމާތު ދީފައިވެއެވެ.

ރައީސްގެ އިތުރުން މަސްވެރިކަމާބެހޭ ވަޒީރު އަޙްމަދު ޝިޔާމާއި އެޕާޓީގެ ޕީޖީ ލީޑަރ އިބްރާހިމް ފަލާޙްވެސް ވާހަކަފުޅު ދައްކަވާނެ ކަމަށް ޕީއެންސީން ވަނީ ބުނެފައެވެ.

އެހެންކަމުން ޕީއެންސީން ވަނީ މި ޖަލްސާއަށް ވީހާވެސް ގިނަ ރައްޔިތުން ޙާޟިރުވުމަށް ދައުވަތު އަރުވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން