ބެންކް އޮފް މޯލްޑިވްސް މެދުވެރިކޮށް އާދިއްތަ ދުވަހު ހިންގަން އުޅުނީ ބަޣާވާތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ, ޕީއެންސީގެ ޖަގަހަ ޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ.
ބީއެމްއެލްއިން ޑޮލަރުގެ މުއާމަލާތާއި ގުޅޭގޮތުން އިއްޔެ ކުއްލިގޮތަކަށް ނިންމި ނިންމުމާއި ގުޅިގެން ރައީސް ވިދާޅުވީ, އެ ނިންމުން ނިންމާފައިވަނީ އެމަނިކުފާނުގެ އިރުޝާދާއިއެކު ނޫންކަމަށާއި އެކަން ކޮށްފައިވަނީ ބަޔަކު އަޑީގައި ތިބެގެންކަމަށް ތުހުމަތު ކުރެވޭކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ, ބެންކުން އެކަން އިއުލާނު ކުރިއިރު އިދިކޮޅު އެމްޑީޕީން ތިބީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިގެން ކަމަށާއި އަދި އޭގެ އިތުރުން ސޯޝަލް މީޑިއާ މެދުވެރިކޮށް މަގުތަކަށް އެއްވާން ގޮވާލިކަން ފާހަގަ ކުރެވިފައިވާކަމަށެވެ.
އަދި އިއްޔެ ފެނިގެންދިޔަ ކަންކަން އެއްކޮށްލުމުން, އެ އަމަލީ “އެޓެމްޓެޑް ކޫ” އެއްކަމަށް އެމަނިކުފާނު ގަބޫލުފުޅު ކުރައްވާކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ މައްސަލައާއި ގުޅިގެން ފުލުން މިހާރު ވަނީ ނޫސްބަޔާނެއް ނެރެފައިކަމަށާއި އިއްޔެގެ އަމަލަކީ ގާނޫނީ ސަރުކާރެއް ވައްޓާލުމަށް ހިންގި އަމަލެއްގެ ގޮތުގައި އެބޭފުޅުންނަށް ބެލެވޭ ކަންތައްތަކެއް ހުރިކަމަށް ފުލުހުން ބުނެފައިވާކަމަށެވެ.
އެހެންކަމުން ފުލުހުންގެ ޕްރޮފެޝަނަލް މިންގަނޑުތަކުން އެ މައްސަލަ ތަހުގީގުކޮށް ބަޔަކަށް ޝަރީއަތުން ހުކުމެއް އަތުވެއްޖެނަމަ އެކަން ތަންފީޒު ކުރަން ފަހަތަށް ޖެހިވަޑައިނުގަންނަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު