ރާއްޖޭގެ 5 ރަށެއްގައި އައިސް ޕްލާންޓު ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް މާލީ ވުޒާރާއިން ބީލަމަށް ހުޅުވާލައިިފިއެވެ.

މާލީ ވުޒާރާއިން ބުނީ މި މަޝްރޫއު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ އެހީގައި ދިވެހި ސަރުކާރުން ކުރިއަށް ގެންދާ ޑިވެލޮޕްމަންޓް އޮފް ފިޝަރީޒް ސެކްޓަރ ޕްރޮޖެކްޓްގެ ދަށުން ކަމަށެވެ.

އައިސް ޕްލާންޓު ތަރައްޤީކުރުމަށް މާލީ ވުޒާރާއިން ހުޅުވާލާފައިވާ ފަސް ރަށަކީ:

- ހއ. އިހަވަންދޫ

- ށ. ކޮމަންޑޫ

- އއ. ރަސްދޫ

- ހއ. ދިއްދޫ


- ގދ. ރަތަފަންދޫ

މާލީ ވުޒާރާއިން މިހާރު ވަނީ މި މަސައްކަތަށް ބިޑު ހުށަހެޅުމުގެ ފުރުސަތު ޝަރުތުހަމަވާ ފަރާތްތަކަށް ހުޅުވާލާފައެވެ. 
އެވުޒާރާއި ބުނީ މިމަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ މަސައްކަތް އިންޓަރނޭޝަނަލް ބިޑިންގ ( އެން.ސީ.ބީ) އުސޫލުގެ މަތިން، ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ 'ގައިޑްލައިން ފޯ ދަ އެގްސެކިއުޝަން އޮފް ވޯކްސް' އާއި އެއްގޮތްވާގޮތުގެ މަތިން ކުރިޔަށް ގެންދާނެ ކަމަށެވެ.

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުމަށް 1500 ރުފިޔާ ނުވަތަ 100 ޑޮލަރުގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެއެވެ.

ޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރ 10ގެ 13:00ގައި މައިކްރޮސޮފްޓް ޓީމްސް މެދުވެރިކޮށް ކަމަށް މާލީ ވުޒާރާއިން ބުނެއެވެ.
މި ޕްރޮޖެކްޓުގެ ބިޑު ސެކިއުރިޓީގެ ގޮތުގައި 250000 ރުފިޔާ ނުވަތަ އެ އަދަދާ އެއްވަރުގެ ޔޫއެސް ޑޮލަރު ހުށަހަޅަން ޖެހެއެވެ.

ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޙުން ފެށިގެން 148 ދުވަހެވެ. ބީލަން ހުޅުވުން އޮންނާނީ އޮކްޓޫބަރު 20ވަނަ ދުވަހު މާލީ ވުޒާރާގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ.

ރާއްޖޭގެ އެކި ސަރަހައްދުގައި އައިސްޕްލާންޓްތައް ޤާއިމްކޮށް އައިސް އުފެއްދޭ ކެޕޭސިޓީ އިތުރުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން