މިސަރުކާރަށްވެސް ފައިސާ ޗާޕު ކުރެވިދާނެ ކަމަށާއި ނަމަވެސް އޭރުން މުސްތަޤުބަލް ބަނަވާނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއިބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ދަޢުލަތުގެ މީޑިއާގައި ރޭ ވާހަކަފުޅު ދައްކަވަމުން ސަޢީދު ވިދާޅުވީ ކޮވިޑްގެ ދުވަސްވަރު ރާއްޖޭގެ އިޤްތިޞާދު މެނޭޖް ކުރެއްވި ކަމަށް އެމްޑީޕީން މިއަދު ބުނަމުން ދިޔަ ނަމަވެސް އެދުވަހު އެބޭފުޅުން ގެންދެވީ ފައިސާ ޗާޕް ކުރަށްވަމުން ކަމަށެވެ. އަދި މިއަދު ކުރިމަތިވެފައި މިވަނީ އޭގެ ނޭދެވޭ އަސަރުކަމަށް ސަޢީދު ވިދާޅުވިއެވެ.
ސަޢީދު ވިދާޅުވީ އެދުވަހު އެމްޑީޕީން ވިސްނާލުމެއްނެތި ފައިސާ ޗާޕްކޮށް އެފައިސާ ބެހުމުން އެކަމުގެ ބުރަ މިއަދު އުފުލަން ޖެހިފައިވަނީ ދިވެހިރައްޔިތުންނަށް ކަމަށެވެ. އަދި އެއީ ޒިންމާދާރުކަމެއްނެތި އެމްޑީޕީން ކޮށްފައިވާ ކަމެއްކަމަށް ސަޢީދު ވިދާޅުވިއެވެ.
“އެމްޑީޕީން ފައިސާ ޗާޕު ކޮށް ބަހަމުން ދިޔައީ. އޭގެ ސަބަބުން ފޮރިން ކަރަންސީއަށް އަންނާނެ ޕްރެޝަރަކަށް ނުވިސްނާ.” ސަޢީދު ވިދާޅުވެފައިވެއެވެ.
ސަޢީދު މިހެން ވިދާޅުވެފައިވާއިރު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީ ސަރުކާރުގެ މާލީ ވަޒީރު އިބްރާހިމް އަމީރު ވިދާޅުވެފައިވަނީ ގާނޫނުތައް ބަދަލުކޮށްގެން މާލީ ކަންކަމުން އަރައިނުގަނެވޭނެ ކަމަށާއި މާލީ ހާލަތުން އަރައިގަތުމަށް ކުރަންޖެހޭ ކަންތައްތައް މި ސަރުކާރަށް ނޭނގޭ ކަމަށެވެ.
އެހެން ނަމަވެސް ރައީސް ޑރ. މުޢިއްޒު ވިދާޅުވެފައިވަނީ ރާއްޖޭގެ އިޤްތިޞާދު އަނދަވަޅަކަށް ވެއްޓުނީ އެމްޑީޕީ ސަރުކާރުން 8000 މިލިއަން ރުފިޔާ 5 އަހަރު ތެރޭގައި ޗާޕް ކުރުމުން ކަމަށެވެ. އަދި މިޙާލަތުން އަރައިގަނެ މި އަހަރުގެ ނޮވެމްބަރު އަންނަންވާއިރަށް ރާއްޖޭގެ ރިޒާވް ރަނގަޅުކުރެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު