ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލް
ދަޢުލަތުގެ މާލީ ވުޒާރާއިން އެދިގެން ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލްގެ ޚާއްސަ ޢާއްމު ޖަލްސާއެއް ބޭއްވުމަށް އިޢުލާނު ކޮށްފިއެވެ.

ޤައުމީ ބޭންކުން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ އަންނަ މަހު 21 ގައި މި ޖަލްސާ ބޭއްވުމަށް ނިންމާފައިވާ ކަމަށާއި، މި ޖަލްސާގައި ބޭންކުން ހުސްވެފައިވާ ޑިރެކްޓަރުންގެ މަޤާމަށް ބޭފުޅުން އައްޔަންކުރާނެ ކަމަށެވެ.

ބީއެމްއެލް އިން ބުނީ މި ޖަލްސާގައި ބައިވެރިވެވޭނީ 10 ސެޕްޓެމްބަރު 2024 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ބޭންކުގެ ޙިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ޙިއްސާދާރުންނަށް ކަމަށެވެ.

ބީއެމްއެލްގެ ޚާއްސަ ޢާއްމު ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާއިރު ބީއެމްއެލްގެ ރުފިޔާ އެކައުންޓްތަކުން ޑޮލަރުން މުއާމަލާތް ނުކުރެވޭ ގޮތަށް ނިންމި މައްސަލާގައި އެބޭންކުން މާލީ ބަޣާވާތެއް ގެންނަން އުޅުނުކަމުގެ ތުހުމަތު ސަރުކާރުން ވަނީ ކޮށްފައެވެ.

އެގޮތުން މި ސަރުކާރުގެ މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެފައިވަނީ ބޭންކުން ގެންނަން އުޅުނީ މާލީ ބަޣާވާތެއް ކަމަށާއި ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގައި މިހާރު ތިއްބެވީ އެ ބަޣާވާތުގެ ބައިވެރިން ކަމަށެވެ. އަދި އެބޭފުޅުން ބޯޑުގައި އިތުރަށް ތިއްބަވަން ނުޖެހޭ ކަމަށްވެސް ޝިޔާމް ވަނީ ވިދާޅުވެފައެވެ.

ހަމައެއާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުވެސް ވިދާޅުވެފައިވަނީ ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް މިދިޔަ އާދިއްތަ ދުވަހު ގެންނަން އުޅުނީ މާލީ ބަޣާވާތެއް ކަމަށެވެ. އަދި އެކަން ކޮށްފައިވަނީ ބަޔަކު މީހުން އަޑީގައި ތިބެގެންކަމަށްވެސް ރައީސް ވަނީ ތުހުމަތު ކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން