ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް
ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް ވަކިމީހަކު ގެންނަން ލޮބީ ނުކުރަށްވާ ކަމަށާއި ނަމަވެސް ޢާއިލާގައި ތަޢުލީމީ ޤާބިލް މީހުން އެބަތިބި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީޑިއާގައި ރޭ ވާހަކަފުޅު ދައްކަވަމުން އަބްދުއްރަޙީމް ވިދާޅުވީ އެމަނިކުފާނުގެ ޢާއިލާގައި ތަޢުލީމީ ޤާބިލް ގިނަ ބަޔަކު އެބަ ތިއްބެވިކަމަށެވެ. އަދި އެއީ އުފާކުރަށްވާ ކަމެއް ކަމަށާއި ނަމަވެސް އެއްވެސް މީހަކަށް ވަކި މަޤާމެއް ހޯއްދަވައި ދެއްވުމަށް ލޮބީ ނުކުރަށްވާ ކަމަށް އަބްދުއްރަޙީމް ވަނީ ވިދާޅުވެފައެވެ.

އަބްދުއްރަޙީމް ވިދާޅުވީ ރައީސް މުޢިއްޒުގެ ސަރުކާރަކީ އެމަނިކުފާނާއި އެމަނިކުފާނުގެ ޢާއިލާއިންވެސް ބުރަ މަސައްކަތްތަކެއް ކޮށްގެން ގެނައި ސަރުކާރެއް ކަމަށެވެ. ނަމަވެސް ދަޢުލަތުގެ މަޤާމުތަކަށް ގެންނަވާނީ ރައީސް މުޢިއްޒަށް އިތުބާރު ކުރެއްވޭ ބޭފުޅުން ކަމަށް އަބްދުއްރަޙީމް ވިދާޅުވިއެވެ.

އަބްދުއްރަޙީމް ވިދާޅުވީ އެމަނިކުފާނަކީ މިވަގުތު ވެރިކަންކުރާ ކޮންގްރެސް ޕާޓީގެ ޗެއަރޕާސަން ކަމަށާއި އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށެވެ. އެހެންކަމުން ރައީސް ޑރ. މުޢިއްޒާއި އަބަދުވެސް ކަންކަމުގައި މަޝްވަރާ ކުރަށްވައި ލަފާދެއްވާ ކަމަށް އަބްދުއްރަޙީމް ވިދާޅުވިއެވެ.

ނަމަވެސް ޕީޖީގެ މަޤާމަށް ވަކިބޭފުޅަކު ގެނައުމަށް ލޮބީ ނުކުރަށްވާ ކަމަށާއި އެގޮތަށް ބަޔަކު މީހުންނަށް ހީވެގެން އުޅެނީ އެބައެއްގެ މައްސަލަތައް ބާރު ދުވެލީގައި މިސަރުކާރުން ބަލާނެތީ ކަމަށް އަބްދުއްރަޙީމް ވިދާޅުވިއެވެ.

“އެބޭފުޅުންނަށް ހީވަނީ އަޅުގަނޑާ ގުޅުން އޮތް މީހަކު އެމަގާމަށް އަތުވެދާނޭ. އެއީ އެވަރުގެ ގާބިލު މީހުން އަޅުގަނޑުގެ ޢާއިލާގައި ތިބީމަ.” އަބްދުއްރަޙީމް ވިދާޅުވެފައިވެއެވެ.

އަބްދުއްރަޙީމް މިމޭރުމުން ވިދާޅުވެފައިވާއިރު އެމަނިކުފާނުގެ އާއިލީ ބޭފުޅަކު ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ގެންނަވަން އަބްދުއްރަހީމް މަސައްކަތް ކުރައްވާ ކަމަށް ކުރީގެ ރައީސް ޔާމީން ވަނީ ތުހުމަތު ކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން