ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓްތަކުގައި އިތުރު ލިފްޓް ހަރުކުރުމުގެ 23 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް ހިޔާ ފްލެޓްތަކުގެ ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓު ހަރުކުރާ ގޮތަށް، 16 ޓަވަރުގައި ޖުމްލަ 32 ލިފްޓު ހަރުކުރަން ވަނީ ނިންމާފައެވެ.

ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓްތަކުގައި އިތުރު ލިފްޓް ހަރުކުރުމުގެ މަސައްކަތް ކުރިޔަށް ދާއިރު އެޗްޑީސީން މިއަދު އާންމުކޮށްފައިވާ ވީޑިއޯ ކްލިޕެއްގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ ފަބްލިކް ރިލޭޝަންސްގެ އެސިސްޓެންޓް ޑިރެކްޓަރ ޙަސަން ޝަހީދު ވިދާޅުވީ ޓަވަރުތަކުގައި އިތުރު ދެ ލިފްޓް ހަރުކުރުމުގެ އަމަލީ މަސައްކަތް ފެށިގެން ކުރިޔަށްދާ ކަމަށާއި މިހާރު ހަރުކާރު ލިފްޓުތަކަކީ ޖާގަ ތަނަވަސް ލިފްޓްތަކެއް ކަމަށެވެ.

ހަސަން ޝަހީދު ވިދާޅުވީ މިހާރު ހަރުކުރާ ލިފްޓުތަކަކީ 15 މީހުންގެ ޖާގައިގެ ލިފްޓުތައް ކަމަށާއި އެއަށް ސްޓްރެޗަރ އެރުވޭނެ ޖާގަވެސް ހުންނާނެ ކަމަށެވެ. އަދި އެ ލިފްޓްތަކުގެ ފްލޯ ނަންބަރުތައް ބްރެއިލް އެންގްރޭވްކުރެވިފައިވާނެ ކަމަށާއި އޭގެ ސަބަބުން ލޮލަށް ފެނުމުން މަހުރޫމްވެފައިވާ މީހުންނަށް އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ލިފްޓްތައް ބޭނުންކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

ހިޔާގެ 16 ޓަވަރުގެ ތެރެއިން 13 ޓަވަރެއްގައި އަމަލީ މަސައްކަތް ކުރިއަށްދާ ކަމަށް ޝަހީދު ވިދާޅުވިއެވެ. އަދި ބާކީ ހުރި ތިން ޓަވަރުގެ މަސައްކަތް ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ފެށޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހިޔާ ފުލެޓުތަކުގައި އިތުރު ލިފްޓު ހަރުކުރަން މިދިޔަ ފެބްރުއަރީގައި ހަވާލުކުރީ ޗަައިނާގެ ޝަންޔަންގް ޔުއާންޑާ އިންޓެލެކްޗުއަލް ގުރޫޕާއެވެ. މި މަސައްކަތުގެ ތެރެއިން ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓު ހަރުކުރާ ގޮތަށް، 16 ޓަވަރުގައި ޖުމްލަ 32 ލިފްޓު ހަރުކުރަން ހައުސިން ޑިވޮލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ން ވަނީ އެ ކުންފުންޏާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން