މަޖިލީސް އިންތިޚާބުގައި ރައްޔިތުން ދީފައިވަނީ ވަރަށް ސާފު މެސެޖެއް ކަމަށާއި އެއީ ސަރުކާރު ހިންގަން ދަތިވެގެން ނުވާނޭކަމުގެ މެސެޖު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް ވިދާޅުވެއްޖެއެވެ.
ވެރިކަންކުރާ ކޮންގްރެސް ޕާޓީގެ ޗެއަރޕާސަންގެ މަޤާމުގައިވެސް ހުންނެވި އަބްދުއްރަޙީމް މިމޭރުމުން ވިދާޅުވެފައިވަނީ އެޕާޓީން މިއަދު މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އަބްދުއްރަޙީމް ވިދާޅުވީ ރައްޔިތުންގެ މަޖިލީސް މިވަގުތު ޗުއްޓީގައި އޮތް ނަމަވެސް ރައީސް މުޢިއްޒު އެދިވަޑައިގެންފިނަމަ ދައުރުން ބޭރުންވެސް ޖަލްސާ ބާއްވަވާނެ ކަމަށެވެ.
ރައްޔިތުން ޕީއެންސީއާ ޙަވާލުކޮށްފައިވަނީ ސަރުކާރު ހިންގަން ދަތިނުވާނެ މާޙައުލެއް ފަހިކޮށްދިނުމުގެ ޒިންމާކަމަށާއި އެކަން ކުރަށްވަން ފަސްޖެހިވަޑައި ނުގަންނަވާނެ ކަމަށްވެސް އަބްދުއްރަޙީމް މިއަދު ވިދާޅުވިއެވެ.
އަބްދުއްރަހީމް މިހެން ވިދާޅުވެފައިވާއިރު ބީއެމްއެލްގެ ރުފިޔާ އެކައުންޓުތަކަށް ދޫކޮށްފައިވާ ޑެބިޓް ކާޑްތަކާއި ކްރެޑިޓް ކާޑުތަކުން ރާއްޖެއިން ބޭރުގެ މުއާމަލާތް ނުކުރެވޭ ގޮތަށް އެ ބޭންކުން މިދިޔަ އާދީއްތަ ދުވަހު ނިންމި ނިންމުމަކީ މާލީ ބަޣާވާތެއްކަމަށް ރައީސް ޑރ. މުޢިއްޒު ވަނީ ސިފަކުރަށްވާފައެވެ.
ހަމައެއާއެކު ރައީސް ވިދާޅުވީ ސަރުކާރަށް މުހިންމީ ރައްޔިތުންގެ މަސްލަޙަތު ޙިމާޔަތް ކުރުން ކަމަށާއި އެހެންކަމުން އެމްއެމްއޭގެ މަނިޓަރީ ގަވައިދާއި މަނީ ޗެންޖާސް ގަވައިދާއި ފޮރިން ޑައިރެކްޓް އިންވެސްމަންޓް ގަވައިދުގެ އިތުރުން ބިޒްނަސް ޕްރޮފިޓް ޓެކްސްގެ ގަވައިދަށް ވަރަށް އަވަހަށް ބަދަލުތަކެއް ގެންނަވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު