ލޭނުގެ މަސްވެރިކަން އަންނަ ފެބްރުއަރީގައި ފެށުމަށް ސަރުކާރުން ރާވާފައިވާ ކަމަށް މަސްވެރިކަމާއި، ކަނޑުގެ ވަޞީލަތްތަކާބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ވެރިކަންކުރާ ކޮންގްރެސް ޕާޓީން މިއަދު މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ޝިޔާމް ވިދާޅުވީ ކަނޑުރޯދިން ނަފާ ހޯދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މުހިންމު ސިޔާސަތެއް ކަމަށާއި އެކަމަށްޓަކައި ގިނަ މަސައްކަތްތަކެއް ސަރުކާރުގެ ތެރެއިން ކުރަމުންގެންދާ ކަމަށެވެ.
އެގޮތުން ވަކި ސިނާޢަތެއްގެ ގޮތުގައި މެރިކަލްޗާގެ މަސައްކަތްތައް ރާއްޖޭގައި ފެށުމަށް ސަރުކާރުން ތައްޔާރުވަމުންދާކަމަށާއި ލޯންގް ލައިން ފިޝިންވެސް އަންނަ ފެބްރުއަރީމަހު ފެށުމަށް ސަރުކާރުން ތައްޔާރުވަމުންދާކަމަށް ޝިޔާމް ވިދާޅުވިއެވެ.
އެގޮތުން މަސްވެރިކަމުން މިހާރު ގާތްގަނޑަކަށް 92 މިލިއަން ޑޮލަރުގެ ޢާމްދަނީއެއް ހޯދޭ ކަމަށާއި އަދި ލޭނު މަސްވެރިކަމާއެކު އެއާމްދަނީ 120 ޑޮލަރަށް އިތުރު ކުރެވޭނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ޝިޔާމް ވިދާޅުވީ ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާއިއެކު ކަނޑުގެ ލޮނުގަނޑު ހޫނުވަމުންދާ ކަމަށާއި އެކަމާގުޅިގެން ކަނޑުގެ މަތީ ފަށަލަތަކުން މަސްވެރިކަންކުރުން ހީނަރުވަމުންދާކަމަށެވެ. އެހެންކަމުން ކަނޑުގެ ފުނުގައި އުޅޭ މަހަށް އަމާޒުކޮށްގެން ލޭނުގެ މަސްވެރިކަން ކުރުމުން މަސްވެރިކަމުގެ ސިނާއަތު ދެމެހެއްޓިގެން ދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
“ލޯބޮޑު ކަންނެއްޔަކީ ދުނިޔޭގެ ބާޒާރުގައި ވަރަށް އަގު ރަނގަޅު ޓޫނާގެ ބާވަތެއް. އަޅުގަނޑުމެންނަށް އެއްވެސް ވަރަކަށް ލޯބޮޑު ކަންނެލީގެ މަސްވެރިކަން ނުކުރެވި މިދަނީ.” ޝިޔާމް މިއަދު ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ ލޭނު މަސްވެރިކަމުގައި ވީހާވެސް ގިނަ ދިވެހިންނަށް ބައިވެރިވެވޭނެ ގޮތަށް ކަންކަން ބައްޓަންކުރުމަށްޓަކައިި ސްޓޭކް ހޯލްޑަރުންނާއިއެކު މަސައްކަތް ކުރަމުންދާނެ ކަމަށެވެ.
ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ބޮޑުކަންނެލި އަދި ލޯބޮޑު ކަންނެއްޔަށް އަމާޒުކޮށްގެން ލޭނު މަސްވެރިކަން ކުރުމުގެ ފުރުސަތު ހުޅުވާލުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވަނީ މިދިޔަ މާޗު މަހު ތެރޭގައެވެެ.
ފިޝަރީޒް މިނިސްޓްރީން ވަނީ ލޭނުމަސްވެރިކަން ކުރުމާބެހޭ ގަވާއިދެއް އެކުލަވާލައި އެޤަވާއިދަށް އާންމުންގެ ޚިޔާލުވެސް ހޯދާފައެވެ.
ލޭނުމަސްވެރިކަން ކުރުމާ ބެހޭ ގަވާއިދުގައި ލޭނުގައި ޖެހި މަރުވާ މިޔަރު ޕްރޮސެސްކޮށް، ބޭރުކުރުމުގެ ހުއްދަ ވަނީ ދީފައެވެ. ނަމަވެސް ލޭނު މަސްވެރިކަން ކުރުމަށް ލައިސަސްދީފައިވާ އުޅަނދު ފަހަރުގައި ސީދާ މިޔަރަށް އަމާޒުކޮށް މަސްވެރިކަން ކުރުމަކީ މަނާކަމެއް ކަމަށް ގަވައިދުގައި ބުނެފައިވެއެެވެ.

ކިޔުންތެރިންގެ ހިޔާލު