ސްޓެލްކޯގެ ޚިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށް އެ ކުންފުނީގެ ކޮންޓެކްޓް ސެންޓަރުގެ ހޮޓްލައިން، 1545 ތައާރަފުކޮށްފިއެވެ.

މިއަދު މެންދުރުފަހު 15:45 ގައި ސޯޝަލް މީޑިއާ ޕްލެޓްފޯލްމަތުގައި ލައިވް ޕްރިމިއަރއެއްގައި ސްޓެލްކޯގެ ހޮޓްލައިން ތައާރަފުކޮށްފައިވާއިރު މިއީ ރައްޔިތުންނާއި ގާތުން މަސައްކަތްކޮށް، ފަސޭހަކަމާއިއެކު، ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފެށި މަސައްކަތެއް ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފައެވެ.

ސްޓެލްކޯއިން ބުނީ މި ހޮޓްލައިނުން އެ ކުންފުނިން ފޯރުކޮށްދެމުންދާ ހުރިހާ ޚިދުމަތަކާއި ގުޅުންހުރި މަޢުލޫމާތާއި، ކަރަންޓު ބިލްތަކާއި ގުޅުންހުރި ޝަކުވާތަކާއި، ކުންފުންޏާއި ގުޅުންހުރި އެނޫންވެސް ކަންކަމުގެ މައުލޫމާތު އޮޅުންފިލުވޭނެ ކަމަށެވެ.

މީގެއިތުރުން ކުންފުންޏާއި ގުޅުންހުރި އެނޫން ވެސް ކަންކަމުގައި ހޮޓްލައިން ބޭނުން ކުރެވޭއިރު، އެ ކުންފުނީގެ ޚިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި، ސްޓެލްކޯ ކެއަރގެ ޚިދުމަތާއިއެކު ވައިބަރ، ވަޓްސްއެޕް އަދި ޓެލެގްރާމް މެދުވެރިކޮށް ސްޓެލްކޯގެ ކޮންޓެކްޓް ސެންޓަރާއި މުޢާމަލާތު ކުރެވޭނެ އިންތިޒާމު ވެސް މިހާރު ވަނީ ހަމަޖައްސާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން