ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ރާއްޖެ ވަޑައިގެންފިއެވެ.

މިރޭ ރައީސްގެ ދެމަފިރިކަނބަލުން ރާއްޖެ ވަޑައިގެންނެވި އިރު ސިންގަޕޫރަށް ރައީސް މުޢިއްޒު ވަޑައިގެންނެވީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ކުރެއްވި ސަރޖަރީއަކާ ގުޅިގެން ހެލްތު ޗެކަޕްއަކަށާއި މި ފަހުން އާރަށުގައި ފުޓްބޯޅަ ކުޅުއްވަނިކޮށް ލިބިވަޑައިގެންނެވި އަނިޔާއަކާ ގުޅިގެން ޑޮކްޓަރުންގެ ފަރާތުން ދެވަނަ ލަފައެއް ހޯއްދެވުމަށެވެ.

ސިންގަޕޫރަށް ފުރާވަޑައިގަތުމުގެ ކުރިން ޕީއެންސީ ހަރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ޑރ. މުއިއްޒު ވަނީ އެމަނިކުފާނު އާރަށުގެ ފާޚާނާއެއްގައި ހުންނަވަނިކޮށް ވެއްޓި އައިޖީއެމްއެޗުން ފަރުވާ ހޯއްދެވި ކަމަށް ބުނެ ހަގީގަތާ ޚިލާފު ވާހަކަތައް ފަތުރާފައިވާ ކަމަށް ވިދާޅުވެފައެވެ.

އަދި މިދިޔަ ހޯމަ ދުވަހުގެ ރޭ މަޖީދިއްޔާ ސްކޫލްގެ އަހަރީ ދުވަހާ ގުޅިގެން ބޭއްވި ޖަލްސާ ނިމުނުތަނާ ވަރަށް ވަރުގަދަ މައިގްރޭނެއްވެ އެކަމުގެ ފަރުވާއަށް ސިންގަޕޫރަށް ފުރާވަޑައިގަންނަވާ ކަމަށް ވެސް އަޑުތައް ފެތުރުނު ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި މި ވާހަކަތަކުގެ ތެރެއިން ގިނަ ވާހަކަތައް ދޮގުއިރު، ބައެއް ވާހަކަތަކުގައި ހަގީގަތް ހިމެނެއެވެ. އެގޮތުން ރައީސް ވިދާޅުވީ އެމަނިކުފާނު ސިންގަޕޫރަށް ވަޑައިގަންނަވަނީ ފުޓުބޯޅަ ކުޅުއްވަނިކޮށް ލިބުނު އަނިޔާއާ ގުޅިގެން މާލޭގައި ތިބި ޑޮކްޓަރުންނަށް ދެއްކުމަށް ފަހު ދެވަނަ ލަފައެއް ހޯއްދެވުމުގެ ބޭނުމުގައި އާއި މީގެ ދެތިން އަހަރު ކުރިން ކުރެއްވި ސަރޖަރީއެއްގެ ރެގިއުލާ ޗެކަޕްއަކަށް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން