މާފުށީ ކައިރިން "އިރު" ނަމަކަށް ކިޔާ ސަޕްލައި ދޯންޏަކާއި "އަލީ ޝާހި" ނަމަކަށް ކިޔާ މަސްވެރިކަމަށް ނިކުމެ އުޅުނު 22 ފޫޓުގެ ލޯންޗެއް ޖެހި ހިނގި އެކްސިޑަކާއި ގުޅިގެން އެމްއެމްއެންޑީއެފް މާލެ އޭރިއާއިން ހަރަކަތާތްތެރިވަމުން އެބަދެއެވެ.

މިހާދިސާގައި ލޯންޗުގައި ހުރި މީހަކަށް ވަނީ އަނިޔާވެފައެވެ. އަނިޔާވެފައިވަނީ އޭނާގެ ބޮލަށާއި، ކޮނޑުހުޅަށް ކަމުގައި އެމްއެންޑީއެފުން ވިދާޅުވެއެވެ. އަނިޔާވި މީހާ މިހާރުވަނީ މާފުށީ ލޯންޗެއްގައި މާލެ ގެނެސްފައެވެ. މިހާދިސާގައި އެކްސިޑެންޓްވި ލޯންޗުވަނީ ބަންޑުން ޖަހާލާފައެވެ.

މިހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 6:50 ހާއިރުކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. ދޯނީގައި 7 މީހުން ތިބިކަމަށާއި، ލޯންޗުގައި 5 މީހުން ތިބިކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއްވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން