ފާފައެއް ކުރެވުމަކީ، ދީނަށް ޚިދުމަތްކުރުމާއި ދީނަށް ޣީރަތްތެރިވުމަށް ހުރަސްއެޅޭ ސަބަބެއް ނޫންކަމަށް މިއަދުގެ ޚުޠުބާގައި ބުނެފިއެވެ.

މިއަދުގެ ޚުޠުބާގައި ބުނީ އިންސާނުންނަކީ، ކުށަށް ހުށަހެޅިފައިވާ ބައެއް ކަމަށާއި އިޚްލާޞްތެރިކަމާއެކު ފާފަފުއްސެވުމަށް އެދި ﷲގެ ޙަޟްރަތުގައި ދެންނެވުމުން ފާފަ ފުއްސަވާނެ ކަމަށެވެ.

ޚުޠުބާގައި ބުނީ ފާފައިގެ ސަބަބުން އަހަރެމެންނަށް ވޭން ލިބޭ ކަމަށާއި އަދި ކުށްތަކުން އަހަރެމެން ސަލާމަތްވެގެންނެއް ނުވާ ކަމަށާއި އަދި ކުރިޔަށް އޮތްތަނުގައި ވެސް މުޅިން ސަލާމަތެއް ނުވެވޭނެ ކަމަށެވެ. އެހެން ނަމަވެސް ހިތާމައަކީ، ފާފަތަކުގެ ނާޖާއިޒު ފައިދާ ހޯދުމުގެ ފުރުސަތު ޝައިތާނާއަށް އަޅުގަނޑުމެންނަށް ދެވުން ކަމަށެވެ.

ހަމަ އެހެންމެ ﷲއަށް ކިޔަމަންގަތުމުގައި، އަހުރެމެންގެ ކިބައިގައި ހުރި ފަރުވާކުޑަކަމާއި، ކުރެވޭ ކުށްތަކަކީ ދީނަށް ޚިދުމަތްކުރުމަށް ހުރި އުޒުރެއް އަދި ބަހަނާއެއް ވެސް ނޫން ކަމަށާއި އަދި އަހަރެމެންގެ ވާޖިބަކީ މި ދީނަށް ޚިދުމަތްކުރުން ކަމަށް ޚުޠުބާގައި ބުނެފައި ވެއެވެ.

އެގޮތުން ބަނގުރާ ހިއްޕަވެމަށް އާދަވެފައިވީ ސަހާބީ ބޭކަލެއް ކަަމަށްވާ އަބޫމިހުޖަން ތަކުރާރުކޮށް ހާޒިރުކޮށް ހައްދު ގާއިމުކުރި ކަމަށާއި ނަމަވެސް އެއީ އޭގެ ސަބަބުން ދީނަށް އުޅުމަށް ހުރަސްއެޅޭ ކަމެއްކަމަކަށް، ނުވަތަ ދީނަށް ނަސްރުދިނުމާ ދުރަށް ޖެހިވަޑައިގަންނަވަން ޖެހޭ ކަމެއްކަމަކަށް ނުވި ކަމަށެވެ. އަދި އެ ސަހާބީ ޤާދިސިއްޔާ ހަނގުރާމައިގައި ބައިވެރިވެވަޑައިގަތް ކަމަށާއި އެ ހަނގުރާމައިގައި ވެސް އެކަލޭގެފާނު ރާ ބައްލަވައިގެން ހާޒިރުކޮށް ގަދަފަދަ އުގޫބާތެއް ތަންފީޒުކުރި ކަމަށް ޚުޠުބާގައި ބުނެފައި ވެއެވެ.

"ފާފައެއް ކުރެވުމަކީ، ދީނަށް ލޯބިކުރުމާއި، ދީނަށް ޚިދުމަތްކުރުމާއި، ދީނަށް ނަޞްރުދިނުމާއި، ދީނަށް ޣީރަތްތެރިވުމަށް ހުރަސްއެޅޭ ސަބަބެއް ނޫނެވެ. އެ ކަން އެ މަގުން ހިނގާ ނަމަ، ދީނަށް ނަސްރުދޭނޭ ބަޔަކު ނުތިބީހެވެ. އަދި ދީން ގާއިމުވެ ނުވެސް އޮތީހެވެ." ޚުޠުބާގައި ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން