ހުރިހާ ކަމެއްގައި އަކަޔަންބޯ ހެދިގެން އުޅެން ނުވާނެ ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމް މަޖިލީހުގެ ރައީސް އަބްދުއްރަޙީމަށް ނަސޭޙަތް ދެއްވައިފިއެވެ.
ރައީސް ޔާމީންގެ ޕީޕަލްސް ނޭޝަނަލް ފްރަންޓް އޮފީހުގައި ރޭ ބޭއްވި ހަރުގެ ޖަލްސާގައި ރައީސް ޔާމީން ވަނީ މިދިޔަ ހަފްތާގައި ރައީސް ޔާމީނާއި ގުޅޭގޮތުން އަބްދުއްރަޙީމް ދައްކަވާފައިވާ ބައެއް ވާހަކަތަކަށް ރައްދު ދެއްވާފައެވެ.
އެގޮތުން ރައީސް ޔާމީން ވިދާޅުވީ އަބްދުއްރަޙީމަކީ އެއްވެސް ދުވަސްވަރެއްގައި ރައީސް ޔާމީންގެ ކޮންސަލްޓެންޓެއް ނޫން ކަމަށެވެ. އެހެންކަމުން އަބްދުއްރަޙީމްގެ އިރުޝާދު ކަންކަމުގައި ހޯއްދަވާ ކަމަށް މޭރުންވާ ބީދައިން ވާހަކަ ދެއްކެވުމަކީ އެހާ ރަނގަޅު ކަމަކަށް ނުވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި އަބްދުއްރަޙީމް އުޅުއްވީ ޕާޓީ ހިންގަން ކަމަށާއި އަބްދުއްރަހީމަކީ ދައުލަތުގެ މުވައްޒަފެއް ނޫން ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ. އެހެންކަމުން ހުރިހާ ކަމެއްގައި އަކަޔަންބޯ ހެދިގެން އުޅެން ނުވާނެ ކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ އަބްދުއްރަޙީމަށް ނަސޭޙަތް ދެއްވާފައެވެ.
“ރައީސް ޔާމީން މީނައާ މަޝްވަރާ ކުރިކަމަށް ރައްޔިތުންނަށް ވިސްނައިދޭން އުޅުމާއި ސިޔާސީ ހުރިހާ ކަމެއްގައި ރައީސް ޔާމީން އުފެއްދީ ތިމަންނައޭ ބުނާ ބުނުމާ. ހުރިހާ ކަމެއްގައި އަކަޔަންބޯ ހެދިގެން އުޅޭކަށް ނުވާނެ ދެއްތޯ.” ރައީސް ޔާމީން ރޭ ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ސަރުކާރުގެ ވަޒީރުންގެ ގޮތުގައި ތިއްބެވި ގިނަ ބޭފުޅުންތަކެއް މަޤާމުން ވަކިކޮށްފައިވާނެ ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން އަބްދުއްރަޙީމް ވިދާޅުވާ ގޮތަށް ވަކިބޭފުޅަކު ވަކިކުރަން ނުކެރިގެން ރައީސް ޔާމީން އުޅުއްވިކަމަށް ވިދާޅުވި ވާހަކައިގައި އަސްލެއް ނެތްކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވެފައިވާއިރު ރާއްޖޭގެ މީޑިއާއެއްގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަޙީމް ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރަކަށް ހުންނެވި ޑރ. މުޙައްމަދު މުޢިއްޒު މަޤާމުން ވަކިކުރެވިފައިނުވަނީ އޭރު ޕީޕީއެމްގައި އިސްކޮށް އުޅުއްވި ބޭފުޅުން އެކަމާ ދެކޮޅު ހެއްދެވުމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު