ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ ލޭނުގެ އަދަދަށް ބަދަލު އައިކަމަށް ބުނެ ފަތުރާ ވާހަކަތަކަކީ ހަގީގަތާއި ޚިލާފު ވާހަކައެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރައީސް މިރޭ ވިދާޅުވީ, ބުރިޖު މަޝްރޫއާއި ގުޅިގެން ފިޒިކަލީ މަސައްކަތް ކުރުވާ އިދާރާގެ ގޮތުގައި ހައުސިންގ މިނިސްޓްރީ ހަމަޖައްސައި އެކަން ރައީސް އޮފީހުން އެނގެވީ 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކަމަށެވެ.
އަދި އޭގެ ކުރިން އެމަނިކުފާނަކީ ބުރިޖު މަޝްރޫއުގެ އެއްވެސް ކަމެއްގައި އުޅުއްވި ބޭފުޅެއް ނޫންކަމަށާއި އޭގެ ކުރިން އެކަމުގެ މަޝްވަރާތައް ކުރައްވަނީ އިކޮނޮމިކް އެންޑް ޔޫތު ކައުންސިލްގައި ކަމަށާއި އެމަނިކުފާނަކީ އެ ކައުންސިލްގައި ހިމެނޭ ބޭފުޅެއް ނޫންކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ, އެމަނިކުފާނުގެ ބެލުމުގެ ދަށުގައި އޮތް ހައުސިންގ މިނިސްޓްރީއާއި މަސައްކަތް ހަވާލުވިފަހުން އެ މަޝްރޫއުގައި ހިނގި ހުރިހާ ކަމެއްގެ މައުލޫމާތު އެނގިވަޑައިގަންނަވާނޭ ކަމަށެވެ. އެގޮތުން މަސައްކަތުގެ ޑިޒައިންގެ މަރުހަލާތަކުގައާއި ތަންފީޒީ ހުރިހާ މަރުހަލާއެއްގައި ވެސް ވަރަށް ގިނަ ވަގުތު ހޭދަ ކުރައްވާ ވަރަށް ގިނަ މަސައްކަތް ކުރައްވާފައިވާނެ ކަމަށް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ, އެ ހުރިހާ މަރުހަލާއެއްގައި މަސައްކަތްތައް ދާގޮތް ރައީސް އޮފީހާއި ކަމާގުޅުންހުރި އެކި ކޮމެޓީތަކުގައި ވެސް ހިއްސާ ކުރެވޭކަމަށާއި އޭގެ ތެރެއިން އެއްވެސް މަޝްވަރާއެއްގައި ވެސް އިތުރު ލޭނެއްގެ ވާހަކަ އައިސްފައި ނުވާކަމަށެވެ.
ރައީސް މިހެން ވިދާޅުވެފައިވާއިރު ބުރިޖުގެ މަސައްކަތް ކުރިއަށް ގެންދިޔައިރު ރައީސްކަމުގައި ހުންނެވި ރައީސް ޔާމީންވަނީ މިފަހުން ޕީއެންއެފްގެ ޖަލްސާއެއްގައި ބުރިޖުގެ ލޭނެއް މަދުވިކަމުގެ ތުހުމަތުކުރައްވައި އެކަމުގެ ޒިންމާ ރައީސް ޑރ. މުޢިއްޒުގެ އިސްތަށިފުޅުގައި އަޅުއްވާފަދަ ގޮތަކަށް ވާހަކަފުޅު ދައްކަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު