ސިނަމާލެ ބުރިޖަށް ލޭނެއް އިތުރުކުރަން ބޭނުންފުޅުވާކަމަށް ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ ބުރިޖު ހުޅުވަން މަސްދުވަހަށް ވެފައިވަނިކޮށްކަމަށް އޭރު ހައުސިންގ މިނިސްޓަރުކަމުގައި ހުންނެވި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ބުރިޖުގެ ލޭނެއްގެ މައްސަލާގައި ރައީސް ޔާމީން، ރައީސް މުޢިއްޒަށް ކީރިތި ކުރެއްވޭވެރަށް "ބަވާލި" ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ވިދާޅުވެފައިވަނިކޮށް، މިރޭ ސަންގު ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ޑރ މުއިއްޒު ވަނީ ބްރިޖަށް ލޭނެއް އިތުރުކުރަން ބޭނުންފުޅުވެގެން ޔާމީން އެމަނިކުފާނާމެދު ކަންކުރެއްވި ގޮތުގެ ތަފުސީލުތައް ވިދާޅުވެދެއްވާފައެވެ.
ރައީސް ވިދާޅުވީ، ބުރިޖުގެ މަސައްކަތް ނިމި ހުޅުވަން އެއްމަސްދުވަހަށް ވެފައިވަނިކޮށް ބުރިޖު ކޮމެޓީއަށް ހާޒިރުކުރައްވައި ސައިކަލަށް ވަކިން ލޭނެއް ނެތްކަމަށާއި ސައިކަލަށް ވަކިން ލޭނެއް އޮންނަންވާނެކަމަށާއި ނޫންނަމަ ބުރިޖު ނުހުޅުވޭނެކަމަށް ޔާމީން ވިދާޅުވިކަމަށެވެ.
ނަމަވެސް، އޭރު އެ މަސައްކަތް އޮތީ ޕްލޭން ކުރިގޮތަށް ނިމުމަކާއި ގާތަށް ގޮސްފައި ކަމަށާއި އެންމެ ފަހުވަގުތު އެގޮތަށް ވިދާޅުވުމުން ވަރަށް ދަތިފުޅުވި ކަމަށާއި ޚާއްޞަކޮށް އޭރު މަސައްކަތް ގޮސްފައިވާ ހިސާބުން އެއީ ކުރެވޭނެ ކަމެއްގެ ގޮތުގައި ފެނިވަޑައި ނުގަންނަވާތީ އެކަން ޔާމީނާއި ހިއްސާ ކުރެއްވި ކަމަށް ރައީސް ވިދާޅުވިއެވެ.
ނަމަވެސް، ޔާމީން އެހެން އެދިވަޑައިގެންނެވުމުން އެކަން ކުރެވޭނެ ގޮތެއް އޮތްތޯ ބެއްލެވި ކަމަށާއި އެގޮތުން ބައިސްކަލަށް ހާއްސަބައި ސައިކަލަށް ހާއްސަ ކުރެވިދާނެތޯ ވެސް ބައްލަވާފައިވާނޭ ކަމަށް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ރައީސް އޮފީހުގެ ކޮރިޑޯއެއްގައި ސައިކަލެއް ވައްދައިގެން ވެސް އެވަރުގެ ޖާގައެއްގައި ސައިކަލް ދުއްވިދާނެތޯ ޗެކުކުރެއްވި ކަމަށެވެ. އަދި އެކަމަށް ކުރެވޭނެ ކަމެއް އޮތްތޯ ޗައިނާއާއިއެކު ވެސް އެކިފަހަރު މަޝްވަރާ ކުރެއްވިކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އޭރު އޮތީ 30 އޯގަސްޓްގައި ބުރިޖު ހުޅުވަން ތާރީޚު ކަނޑައަޅައި ޗައިނާގެ މަންދޫބުންނަށް ވެސް އެކަން އެންގިފައި ކަމަށެވެ.
ނަމަވެސް، އެއް ރެއެއްގައި މ. ސަކީނާމަންޒިލްގައި ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެންބަރުންނާއި ވަޒީރުން ވެސް ތިއްބެވި ބައްދަލުވުމެއްގައި ރައީސް ޔާމީން ވަނީ ސައިކަލަށް ވަކި ލޭނެއް ނެތް މައްސަލާގައި ނުރުހުން ފާޅުކުރައްވައި ވާހަކަ ދައްކަވާފައި ކަމަށާއި އަދި ބުރިޖު ހުޅުވުން ކެންސަލް ކުރަން ޔާމީން އެންގެވި ކަމަށް ރައީސް މުޢިއްޒުވިދާޅުވިއެވެ.
އަދި އެކަން ހިނގާފައި އޮތްގޮތް ޔާމީނަށް އެތަނުގައި ވެސް ވިދާޅުވެދެއްވި ކަމަށާއި ނަމަވެސް ޔާމީން ގަބޫލުފުޅު ނުކުރެއްވި ކަމަށް ވިދާޅުވިއެވެ. އަދި އެވަގުތު ޔާމީން އެ ވާހަކަތައް ދެންނެވިގޮތުން ވަރަށް ބޮޑަށް އަސަރުކުރި ކަމަށާއި ކީރިތި ކުރެއްވުނު ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެމަނިކުފާނާ މަސައްކަތް ހަވާލުވި ހިސާބުން ހިނގި ހުރިހާކަމެއް އެނގިވަޑައިގަންނަވާނެ ކަމަށާއި އެއިން އެއްވެސް ހިސާބެއްގައި ބުރިޖުން ލޭނެއް މަދުވެފައިވާކަން އެނގިވަޑައިގެންފައި ނުވާކަމަށެވެ.
ކުރިން ޕްލޭންކުރި ގޮތާއި ޚިލާފަށް ބުރިޖުން ލޭނެއް މަދުވި ކަމަށާއި އެ ފައިސާވަނީ ޔާމީން އަމިއްލަފުޅަށް ބޭނުން ކުރައްވާފައިކަމަށް މީގެ ކުރިން އެމްޑީޕީން ދިޔައީ ތުހުމަތު ކުރަމުންނެވެ. ނަމަވެސް، އެ ތުހުމަތު މިހާރު ދަނީ ޔާމީންގެ ޕީއެންއެފުން ރައީސް މުޢިއްޒުގެ އިސްތަށިފުޅުގައި އަޅުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު