އިންޑިއާ އާއި ޗައިނާއިން ނަގާފައިވާ ލޯނުތައް ރީސްޓްރަކްޗަރ ކުރަންޖެހޭ ކަމަށް އައްޑޫ މަރަދޫ ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވެފައިވާއިރު ދުނިޔޭގެ ކްރެޑިޓް ރޭޓިންގ ފާމް ފިޗުން ރާއްޖެއަށް ދީފައިވާ ރޭޓިންގ ”ސީސީސީ“ އިން ”ސީސީ“ ގްރޭޑިންގ އަށް މިހާރު ވަނީ ބަދަލު ކޮށްފައެވެ. ފިޗުން ބުނެފައިވަނީ މިއަހަރުގެ މެއި މަހު 492 މިލިއަން ޑޮލަރުގައި ހުރި ރާއްޖޭގެ ޖުމްލަ ބޭރު ފައިސާގެ ރިޒާވް، މިއަހަރުގެ ޖުލައި މަހު ގާތްގަނޑަކަށް 20 އިންސައްތަ ދަށަށް ގޮސް 395 މިލިއަން ޑޮލަރަށް ދަށްވެފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން ޝަރީފް ވިދާޅުވީ ރާއްޖޭން ނަގާފައިވާ ބޮޑެތި ލޯންތައް ރީސްޓްރަކްޗަރ ކުރަން ޖެހޭ ކަމަށާއި ޚާއްސަކޮށް އިންޑިއާ އާއި ޗައިނާއިން ނަގާފައިވާ ލޯނުތައް ރީސްޓްރަކްޗަރ ކުރަން ޖެހޭ ކަމަށެވެ. އެހެން ނޫންނަމަ ދުނިޔޭގެ މާލީ އިދާރާތަކުގެ ޕްރޮގްރާމެއްގައި ރާއްޖޭން ބައިވެރިވާން ޖެހިދާނެ ކަމުގެ ބިރު އޮތްކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް މިހެން ވިދާޅުވެފައިވާއިރު ރާއްޖެ ވެއްޓިފައިވާ މާލީ އަނދަވަޅުން އަރައިގަތުމަށްޓަކައި ސާކް ފްރޭމްވާކްގެ ދަށުން ރިޒާވް ބޭންކް އޮފް އިންޑިއާ އާއެކު 400 މިލިއަން ޑޮލަރުގެ ފޮރިން ކަރަންސީ ސްވޮޕް އެރޭންޖްމަންޓެއް ގާއިމުކުރުމުގެ ފަންނީ ހުރިހާ މަސައްކަތެއް ނިމި، މި އެރޭންޖްމަންޓްގައި ސޮއި ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމްއެމްއޭ އިން ވަނީ ބުނެފައެވެ.
އޭގެ އިތުރުން 2024 ގެ ނިޔަލަށް ޔޫސަބަލް ރިޒާވާއި ސޮވެރިން ޑިވެލޮޕްމަންޓް ހިމަނައިގެން ރާއްޖޭގެ ރަސްމީ ރިޒާވް 606 މިލިއަން ޑޮލަރަށްވުރެ އިތުރުވެގެންދާނެ ކަމަށް އަންދާޒާކުރެވޭކަމަށްވެސް އެމްއެމްއޭ އިން ހާމަކޮށްފައިވެއެވެ.

Bodethi loan thah kuriyah mi oi 2aharu dhakkan huri India,China fadha gaumu thakaaeku negotiate koggen aamu dhaneeah sakeygaa vaagothkah restructure kureveyne mageh avahah hoadhan ebajehey.Ekan nukoh las kuraa mama IMF/WB programakah dhaan jehidhaane haalatheh medhuveri vedhaane
— Ibrahim Shareef (@AdduShareef) August 31, 2024
ޝަރީފް މިހެން ވިދާޅުވެފައިވާއިރު ރާއްޖެ ވެއްޓިފައިވާ މާލީ އަނދަވަޅުން އަރައިގަތުމަށްޓަކައި ސާކް ފްރޭމްވާކްގެ ދަށުން ރިޒާވް ބޭންކް އޮފް އިންޑިއާ އާއެކު 400 މިލިއަން ޑޮލަރުގެ ފޮރިން ކަރަންސީ ސްވޮޕް އެރޭންޖްމަންޓެއް ގާއިމުކުރުމުގެ ފަންނީ ހުރިހާ މަސައްކަތެއް ނިމި، މި އެރޭންޖްމަންޓްގައި ސޮއި ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމްއެމްއޭ އިން ވަނީ ބުނެފައެވެ.
އޭގެ އިތުރުން 2024 ގެ ނިޔަލަށް ޔޫސަބަލް ރިޒާވާއި ސޮވެރިން ޑިވެލޮޕްމަންޓް ހިމަނައިގެން ރާއްޖޭގެ ރަސްމީ ރިޒާވް 606 މިލިއަން ޑޮލަރަށްވުރެ އިތުރުވެގެންދާނެ ކަމަށް އަންދާޒާކުރެވޭކަމަށްވެސް އެމްއެމްއޭ އިން ހާމަކޮށްފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު