ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން
ރާއްޖޭގައި ފުޅާދާއިރާއެއްގައި ބިއުޓީ ސެލޫން ހިންގަމުން ދިޔަ ރިޒް ޑީޕޯޓްކުރީ ސެލޫނަށް ލިބޭ ފައިސާ އެހެން ބިދޭސީއެއްގެ އެކައުންޓަށް ޖަމާކުރަމުންދާތީ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ދާޚިލީ ވުޒާރާއިން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިހުސާން ވިދާޅުވީ ވިޔަފާރީގެ ފައިސާ ބިދޭސީއެއްގެ އެކައުންޓަށް ޖަމާކުރުމަކީ ޓޮލެރޭޓް ކުރަށްވާނެ ކަމެއް ނޫންކަމަށާއި އެއީ ރާއްޖޭގައި ހުއްދަ ކަމެއް ނޫން ކަމަށެވެ.

އިޙްސާން ވިދާޅުވީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ސެލޫން ހިންގަމުންދިޔަ މީހަކު ޑީޕޯޓް ކުރުމުން އެކަމާދެކޮޅަށް ވާހަކަ ދައްކާ ބަޔަކު އުޅޭ ކަމަށާއި ނަމަވެސް ޤާނޫނު ތަންފީޒު ކުރުމުގައި ޤާނޫނާ ޚިލާފުވާ މީހާއަކީ ދިވެހިންގެ މޫނުގައި ފުށް ޖަހައިދޭ މީހެއްތޯ ނުބައްލަވާނެ ކަމަށެވެ.

“ފަހުން ތިމަންނަ އޯނަރު މީހާގެ އެކައުންޓަށް ޖަމާ ކުރާނަމޭ މިއީކީ އޮތް ގޮތެއް ނޫން ރާއްޖޭގައި. އެއީ އަޅުގަނޑުމެން ޓޮލެރޭޓް ކުރާނެ ކަމެއް ނޫން. އެގޮތަށް އެއްވެސް މީހަކު އަމަލު ކުރާނަމަ އެ ކުރެވެނީ ގާނޫނީ ކުށެއް.” އިޙްސާން ވިދާޅުވެފައިވެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އިޙްސާން އިތުރަށް ވިދާޅުވީ ބިދޭސީންނަށް ދޫކުރާ ވިސާގައި އެމީހާއަށް ކުރެވޭނެ ކަންކަން ބަޔާންކޮށްފައިވާނެ ކަމަށާއި އެނޫން ކަމެއްގައި އެމީހަކު އުޅޭނަމަ ޑިޕޯޓް ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އިޙްސާން މިހެން ވިދާޅުވެފައިވާއިރު ރާއްޖޭގައި ގަވާއިދާ ޚިލާފަށް ފުޅާދާއިރާއެއްގައި ބިއުޓީ ސެލޫންގެ ވިޔަފާރިކުރަމުން ދިއުމާ ގުޅިގެން "ރަޖަނީ ޝްރެސްތާ" އާންމު ނަމުންނަމަ ރިޒް ޑީޕޯޓް ކޮށްފައިވާކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

އެގޮތުން 2024 އޮގަސްޓު 11 ވަނަ ދުވަހު އިމިގްރޭޝަނުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ރިޒް ހައްޔަރުކޮށްފައިވާއިރު އޭނާ އަކީ ދޫކޮށްފައިވާ ހުއްދައިގެ (ވިސާގެ) ބޭރުން ގަވާއިދާ ހިލާފަށް ވިޔަފާރިކުރަމުން ދިއަ މީހެއް ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

އިމިގްރޭޝަނުން ބުނީ ރިޒް އާއެކު މަސައްކަތް ކުރަމުން ދިޔަ އިތުރު ހަތަރު ބިދޭސީ މުވައްޒަފުންގެވެސް ސައްހަ ވިސާއެއް ނެތުމުން އެމީހުންވެސް ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް ޑީޕޯޓުކޮށްފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން