ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ކީރިތި ކުރެއްވެނީ ހަމައެކަނި ރައީސް ޔާމީން ބަވާލެއްވުންތޯ އައްސަވައި ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް މީސްމީޑިއާއަށް ސުވާލެއް ދޫކޮށްލަށްވައިފިއެވެ.
ޑރ. ޢިޔާޒް މިބީދައިން ރައީސް ޑރ. މުޢިއްޒަށް ސުވާލެއް ކުރިމަތި ކުރަށްވާފައި ވަނީ އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ޤަތުލުޢާންމުގައި ފަލަސްތީނުގެ ކުޑަކުދިންނަށް ލިބެމުންދާ ގެއްލުންތަކާއި ގުޅިގެންނެވެ. އެގޮތުން ފަލަސްތީނުގެ ކުޑަކުދިންގެ ޙާލަތު ފެނުމުން ކީރިތި ނުކުރެއްވޭތޯ ޑރ. އިޔާޒް ސުވާލު ކުރަށްވާފައިވެއެވެ.
“މަނިކްފާނަށް ހަމައެކަނި ކީރިތި ކުރެއްވެނީ ސިނަމާލޭ ބްރިޖްގެ އެއްލޭނު މަދުވެގެން ކުރީގެ ރައީސް ކޯފާވެ “ބަވާލީމާ” އެކަނިތޯ.” އިޔާޒް ވިދާޅުވެފައިވެއެވެ.
އޭގެ އިތުރުން އިޔާޒް ވަނީ ރައީސް މުޢިއްޒުގެ ޙާލަތާމެދު ހިތާމަ ކުރަށްވާ ކަމަށާއި މޭމަތީގައި “އިންޑިޔާ އައުޓް” ޖައްސަވައިގެން މަގުމައްޗަށް ނިކުމެވަޑައިގެންނެވި ގޮތަށް “އިސްރާއީލް އައުޓް” ޖައްސަވައިގެން ނިކުންނަވަން ނުވޭތޯވެސް ސުވާލު ކުރަށްވާފައެވެ.
“ނޫންނަމަ އޭރު އެކަންކުރެެއްވީ ވެރިކަމަށް ވަޑައިގަތުމަށް ޖައްސަވާ ސްޓަންޓެއްގެ ގޮތުގައިތޯ.” ޑރ. މުޢިއްޒަށް ފާޑު ވިދާޅުވަމުން ޑރ. އިޔާޒް ވިދާޅުވެފައިވެއެވެ.
ޑރ. އިޔާޒް މިހެން ވިދާޅުވެފައިވާއިރު ރާއްޖޭގައި ހުންނަވާ ސަޢުދީ ސަފީރަށް އުނދަގޫ ކުރުމާއި ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމުގެ ތުހުމަތުގައި ފުލުހުން ވަނީ ޑރ. މުޙައްމަދު އިޔާޒުގެ އަނބިކަނބަލުން ޢާއިޝަތު ޝާދިޔާ ހައްޔަރުކޮށްފައެވެ.

މޭމަތީގައި “އިންޑިޔާ އައުޓް” ޖައްސަވައިގެން މަގުމައްޗަށް ނިކުމެވަޑައިގެންނެވި ގޮތަށް “އިސްރާއީލް އައުޓް” ޖައްސަވައިގެން ނިކުންނަވާކަށް ނުވޭތޯ? @MMuizzu .ނޫންނަމަ އޭރު އެކަންކުރެެއްވީ ވެރިކަމަށް ވަޑައިގަތުމަށް ޖައްސަވާ ސްޓަންޓެއްގެ ގޮތުގައިތޯ? މުސްލިމް ކުޑަކުދިންނަށް ލިބެމުން މިދާ… https://t.co/Bz0s0aSb9T
— Dr.Mohamed Iyaz (@dr_iyaz) August 31, 2024
އޭގެ އިތުރުން އިޔާޒް ވަނީ ރައީސް މުޢިއްޒުގެ ޙާލަތާމެދު ހިތާމަ ކުރަށްވާ ކަމަށާއި މޭމަތީގައި “އިންޑިޔާ އައުޓް” ޖައްސަވައިގެން މަގުމައްޗަށް ނިކުމެވަޑައިގެންނެވި ގޮތަށް “އިސްރާއީލް އައުޓް” ޖައްސަވައިގެން ނިކުންނަވަން ނުވޭތޯވެސް ސުވާލު ކުރަށްވާފައެވެ.
“ނޫންނަމަ އޭރު އެކަންކުރެެއްވީ ވެރިކަމަށް ވަޑައިގަތުމަށް ޖައްސަވާ ސްޓަންޓެއްގެ ގޮތުގައިތޯ.” ޑރ. މުޢިއްޒަށް ފާޑު ވިދާޅުވަމުން ޑރ. އިޔާޒް ވިދާޅުވެފައިވެއެވެ.
ޑރ. އިޔާޒް މިހެން ވިދާޅުވެފައިވާއިރު ރާއްޖޭގައި ހުންނަވާ ސަޢުދީ ސަފީރަށް އުނދަގޫ ކުރުމާއި ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމުގެ ތުހުމަތުގައި ފުލުހުން ވަނީ ޑރ. މުޙައްމަދު އިޔާޒުގެ އަނބިކަނބަލުން ޢާއިޝަތު ޝާދިޔާ ހައްޔަރުކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު