ކުރިޔަށް އޮތް ދެ ހަފްތާތެރޭ ހުޅުމާލޭގައި ”އިސްރަށްވެހިންގެ ނާދީ“ ހުޅުވޭނެ ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ ހުޅުމާލޭގައި ދިރިއުޅޭ އިސްރަށްވެހިންގެ އިޖްތިމާއީ ދުޅަހެޔޮކަން އިތުރުކުރުމަށް ތަރައްޤީކުރާ "އިސްރަށްވެހިންގެ ނާދީ" ދެ ހަފްތާ ތެރޭގައި ހުޅުވޭނެކަމަށާއި އެތަނުގެ ހުރިހާ މަސައްކަތެއްހެން މިހާރު ނިމިފައިވާކަމަށެވެ.
ރާއްޖޭގައި ދެވަނައަށް ތަރައްގީކުރާ އިސްރަށްވެހިންގެ ނާދީ ހުޅުމާލޭގައި ތަރައްގީކުރަން ހައުސިންގ ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކުރީ މި އަހަރުގެ މާރިޗު މަހުގެ 28ގައެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފައިވާ ގޮތުގައި ހިޔާ ޓަވަރު އަށެއްގައި ތަރައްޤީކުރާ މި ނާދީގައި އިސްރަށްވެހިންގެ އިޖްތިމާއީ ދުޅަހެޔޮކަން އިތުރުކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށެވެ. މިތަނުގައި އިސްރަށްވެހިންގެ ޞިއްޙީ ބޭނުންތަކާ ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދީ ހޭލުންތެރި ކުރުމުގެ ހަރަކާތް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ނާދީ ހިންގާނީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިންނެވެ. މި ސަރުކާރުގެ މެނިފެސްޓޯގައި ރާއްޖޭގެ އުތުރާއި ދެކުނުގައި އަދި މެދު ރާއްޖެތެރޭގައި، އިސްރަސްވެހިންގެ ހިތްހަމަޖެހުމާއި އުފާވެރިކަން ޔަޤީންކުރުމަށްޓަކާ ކަނޑައެޅޭ ތަފާތު ޚިދުމަތްތަކެއް ހިމެނޭގޮތަށް މަރުކަޒުތަކެއް ޤާއިމުކުރުމަށް ހިމަނާފައިވެއެވެ.
އިސްރަށްވެހީންނަށް ހިތްހަމަޖެހުމާއި އުފާވެރިކަން ޔަޤީންކޮށްދިނުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުގެ ދަށުން އެންމެ ފުރަތަމަ "އިސްރަށްވެހިންގެ ނާދީ" ހުޅުވާފައިވަނީ މާލޭގައެވެ.

ކިޔުންތެރިންގެ ހިޔާލު