ކޯވިޑް-19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރު ގެނައުމުގެ މައްސަލާގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރާވަޑައިގެންފައިވާކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެ އެ މައްސަލަ ބެލުމަށް އިމްތިޔާޒު ކޮމިޓީއަށް ފޮނުއްވައިފިއެވެ.

މިއަދުގެ ޖަލްސާގައި ރިޔާސަތުން ހުށަހަޅުއްވާ ކަންކަމުގެ ތެރޭގައި ނަޝީދު ވަނީ މިދިއަ އޭޕްރީލް މަހު އަމީން ސޮއި ކުރައްވައި މަޖިލީހަށް ފޮނުއްވި ސިޓީ އިއްވާފައެވެ. މަޖިލިސް ރައީސް ވިދާޅުވީ ޑުބާއީން ވެންޓިލޭޓަރު ގެނައުމުގައި ހެލްތް މިނިސްޓަރ މަޖިލީހުގެ އިމްތިޒާޔަށް އަރައިގަނެފައިވާކަން އިއްޔެ އޮޑިޓާ ޖެނެރަލް މަޖިލީހަށް ވަޑައިގެން ދެއްކެވި ވާހަކަތަކުން ހާމަވާކަމަށެވެ.

ހެލްތް މިނިސްޓަރު މަޖިލީހަށް ފޮނުވި ސިޓީގައި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ކިޔާ ކުންފުންޏަކާ 75 ވެންޓިލޭޓަރު ގެންނަން ހަވާލުކުރީ ރާއްޖޭގައި ހުންނަ ޑަބްލިޔުއެޗްއޯ އޮފީހުގެ އިތުރުން ދުބާއީގައި ހުންނަ އެ ޖަމިއްޔާގެ އޮފީހުން ރެކަމެންޑުކޮށްގެން ކަމަށް ބަޔާންކޮށްފައިވާކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަމަވެސް، ކޯވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީން ކޮށްފައިވާ ހަރަދުތަކުގެ އޮޑިޓް ރިޕޯޓުގައި ޑަބްލިޔުއެޗްއޯ އިން އެއްވެސް ކުންފުންޏެއް ރެކަމެންޑުކޮށްފައިނުވާކަން ވަރަށް ސާފުކޮށް ބުނެފައިވާކަމަށް ވިދާޅުވެ، ނަޝީދު ވަނީ އެ ރިޕޯޓުގައި އެ ވާހަކަ ހިމަނާފައިވާ ބައި އަމީންއާއްމު މެދުވެރިކޮށް މަޖިލީހަށް އިއްވަވައިފަ އެވެ.

މުޅި މަޖިލީހަށް ނުވަތަ ކޮމެޓީއަކަށް، ގަސްތުގައި ކަމެއް އޮޅުވާލުމަކީ ކުށެއް ކަމަށް ކަނޑައަޅައި އެކުށުގެ އަދަބެއްގެ ގޮތުން 3000 ރުފިޔާ އާއި 10،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން ނޫން ނަމަ ތިން މަހާއި ހަ މަހާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭނެކަމަށް ވަނީ ބަޔާންކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު


0

އަހުމަދު

19-Aug-2020

ކޯޓަކުން ނިޔާކަނޑައަޅަންވާނީ


2

މޭފެއަރ ބޮޑޭ

19-Aug-2020

މަޖިލިސް ބޭނުން ކޮށްގެން ބަދަލު ހިފުމުގެ ރޫހެއް އުޅޭކަމަށް ބޮޑަށް ޤަބޫލުކުރެވެނޭ. ކުށެއްކުރީމަ، ދައުލަތުގެ މުވައްސަސާތައް އެބަހުރި އެކަންބަލަން.. މީދެން ކޮން ހަޑިޔެއް ހާވާތަނެއް.. މީޤާނޫނު ހަދަން ހޮވި ބަޔެއް.. މިހާރު ރިހާކުރުކެއްކުމާއި، ހެދިކާހެދުމާއި ރަހަ ހެޔޮވަރު ކުރުން މިތަނުގެ މައިގަނޑު ކަމަކަށް މިވަނީ..



ޓްރެންޑިން