ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރާއްޖޭގައި އިންވެސްޓްކުރާ ބޭރު މީހުންނަށް ރެސިޑެންސީ ދޭން މަޝްވަރާކުރުމަށް ކެބިނެޓުގެ މިއަދުގެ ބައްދަލުވުމަށް ތާވަލު ކޮށްފިއެވެ.

މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. ކެބިނެޓްގެ މިއަދުގެ ބައްދަލުވުން ފެށުމުގެ ކުރިން ޢާއްމު ކުރެއްވި ވީޑިއޯ މެސެޖެއްގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ސިންދަފާތު ކުރުމުގެ މަގުސަދުގައި މުހިއްމު މަޝްވަރާތަކެއް މިއަދު ކެބިނެޓުން ނިންމާނެ ކަމަށެވެ.

"އިޤްތިޞާދު ޑައިވާސިފައިކުރަން އިންވެސްޓަރ ރެޒިޑެންސީ ޕްރޮގްރާމެއް ތަޢާރަފްކުރުން. މިކަމާއި ގުޅޭ ގޮތުން މަޝްވަރާކުރަން އެޖެންޑާކޮށްގެން މިއުޅެނީ." ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.



އޭގެ އިތުރުން ރައީސް ވިދާޅުވީ މިއަދުގެ ކެބިނެޓު ބައްދަލުވުމުގައިވެސް ސަރުކާރު ހިއްސާވާ ކުންފުނިތައް ރިފޯމް ކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.

އެގޮތުން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ، އެމްއޭސީއެލްގެ ދަށަށް ބަދަލުކުރުމާއި ފަހި ދިރިއުޅުން ކޯޕަރޭޝަން، އެޗްޑީސީގެ ދަށަށް ބަދަލުކުރުމުގެ އިތުރުން މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން، ބިޒްނަސް ސެންޓަރު ކޯޕަރޭޝަންގެ ދަށަށް ބަދަލުކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރަށްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތައް ރިފޯމް ކުރުމުގެ ޕްރޮގްރާމްގެ ދަށުން މިދިޔަ ހަފުތާގެ ތެރޭގައި ކެބިނެޓުން ވަނީ އެސްޓީއޯގެ ދަށަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑް ބަދަލު ކުރުމަށްވެސް ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން