ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ސަރުކާރު ހިއްސާވާ ކުންފުނިތައް ރިފޯމްކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ އެމްއޭސީއެލްގެ ދަށަށް އަދި ފަހިދިރިއުޅުން ކޯޕަރޭޝަން އެޗްޑީސީގެ ދަށަށް ބަދަލުކުރުމަށް ކެބިނެޓްގެ މިއަދުގެ ބައްދަލުވުމަށް ތާވަލު ކޮށްފިއެވެ.

މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. ކެބިނެޓްގެ މިއަދުގެ ބައްދަލުވުން ފެށުމުގެ ކުރިން ޢާއްމު ކުރެއްވި ވީޑިއޯ މެސެޖެއްގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ އެސް.އޯ.އީ ރިފޯމް އެޖެންޑާގެ ދަށުން އެސް.ޓީ.އޯ ގެ ދަށަށް ފެނަކަ ގެންދަން މިދިޔަ ހަފްތާގައި ނިންމާފައިވާ ކަމަށެވެ. އަދި މިއަދުވެސް އެސް.އޯ.އީ ތަކާއި ގުޅުންހުރި މުހިންމު މަޝްވަރާތަކެއް އެބަހުރިކަމަށް ރައީސް ވިދާޅުވިއެވެ.

“ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ އެމްއޭސީއެލްގެ ދަށަށް ބަދަލުކުރުން އަދި އެ ދެ ކުންފުނި އެކީގައި ހިންގޭނެ ގޮތްތަކެއް މަޝްވަރާކުރުން އެބައޮތް، އޭގެ ސަބަބުން ވާނެ ފައިދާތައް ވަރަށް ގިނަ ގުނަ. އަދި އެޗްޑީސީއާ ފަހިދިރިއުޅުން ކޯޕަރޭޝަން އެއްކޮށް ހިންގުން ނޫނީ އެ ކުންފުނި އެޗްޑީސީގެ ދަށުން ހިންގާ ކުންފުންޏަކަށް ހެދުން.” ރައީސް މިއަދު ވިދާޅުވިއެވެ.



ރައީސް ވިދާޅުވީ މޯލްޑިވްސް ފަންޑް ލިމިޓެޑް ކޯޕަރޭޝަނާއި ބިޒްނަސް ސެންޓަރު ކޯޕަރޭޝަން އެކީގައި މަސައްކަތް ކުރެވޭނެ ގޮތްތަކެއް ހޯދުމަށްވެސް މިއަދު ކެބިނެޓްގައި މަޝްވަރާ ކުރަށްވާނެ ކަމަށެވެ.

މީގެ ކުރިން ރައީސް ވިދާޅުވެފައިވަނީ ސަރުކާރު ކުންފުނިތައް ސިޔާސީ ގޮތުން ބޭނުންކުރުމުގެ ސަބަބުން ކުންފުނިތައް ހަލާކުވެ ބަގުރޫޓުވުމާ ހަމައަށް ގޮސްފައިވާކަމަށެވެ.

ސަރުކާރު ޙިއްސާވާ ކުންފުނިތައް އިސްލާޙު ކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާއިރު މިދިޔަ 5 އަހަރު ނިމުނުއިރު ދަޢުލަތުގެ ކުންފުނިތަކުގެ ދަރަންޏަށް 98 ބިލިއަން ރުފިޔާ އަރާފައިވާކަމަށް އެމް.އެމް.އޭގެ ގަވަރނަރ އަޙްމަދު މުނައްވަރު ވަނީ ވިދާޅުވެފައެވެ.

ހަމައެއާއެކު ސަރުކާރުގެ ހިއްސާވާ ކުންފުނިތައް ރިފޯމްކޮށް، ޒިންމާދާރު ކުރުވަން ސަރުކާރުން ބޭނުންވާ ކަމަށް މިނިސްޓަރ އޮފް ފިނޭންސް ޑރ މުޙައްމަދު ޝަފީޤްވެސް މީގެކުރިން ވިދާޅުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން