އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއިބެހޭ ވަޒީރު މުޙައްމަދު ސަޢީދު
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއިބެހޭ ވަޒީރު މުޙައްމަދު ސަޢީދު
އެމްއޭސީއެލް އާއި އާރުއޭސީއެލް އެއްކޮށްލުމުގެ މަސައްކަތް 2025 ޖެނުއަރީގެ ނިޔަލަށް ނިމޭނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއިބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިކަން ހާމަކުރެއްވީ ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އެގޮތުން ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ހިމެނޭހެން މުޅިއެކު އަށް އެއާޕޯޓު އެއްކޮށްލެވިގެން ދާނެ ކަމަށް ސަޢީދު ވިދާޅުވިއެވެ.

މިނިސްޓަރ މިއަދު ވިދާޅުވީ އެމްއޭސީއެލް އާއި އާރުއޭސީއެލް އެއްކޮށްލުމުން މިހާރަށްވުރެ ކުންފުނިތަކުން ފޯރުކޮށްދޭ ޚިދުމަތްތައް ހަރުދަނާވެގެން ދާނެ ކަމަށެވެ. ކުންފުނިތައް އެއްކޮށްލުމުން މުވައްޒަފުންނަށް ނުރަނގަޅު ކަމެއް މެދުވެރި ނުވާނެ ކަމަށާއި މުވައްޒަފުންނަށް އިތުރުގޮތްތަކެއް ހޯއްދަވައި ދެއްވާނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ސަޢީދުވަނީ ކުންފުނިތައް އެއްކޮށްލުމުން އިދާރީ ގޮތުންނާއި ޓެކްނިކަލް ގޮތުންވެސް ޚަރަދު ކުޑަވާނެ ކަމަށެވެ. ހަމައެއާއެކު އޮފީސް ހިންގުމުގެ ޚަރަދު ބޮޑުތަނުން ކުޑަވާނެ ކަމަށް ސަޢީދު ވިދާޅުވިއެވެ.

“31 ޖެނުއަރީ 2025 އަށް ދާއިރު މި މަސައްކަތް އިރާދަކުރެއްވިއްޔާ ނިމިފައި އޮންނާނީ. ކޯޕަރޭޓް ގަވަނެންސްގެ އުސޫލުން ދެ ކުންފުނިން ނިންމަންޖެހޭ ނިންމުންތަކާއި އެޑްމިނިސްޓްރޭޓިވް މަސައްކަތްތައް." ސަޢީދު ވިދާޅުވިއެވެ.

ވަޒީރު މިއަދު ވިދާޅުވީ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އާއި މޯލްޑިވްސް އިންޓަގްރޭޓޭޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އެއްކޮށްލުމާ ގުޅޭ ގޮތުން ދިރާސާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އަންގަވާފައިވާ ކަމަށެވެ.

ސަރުކާރު ޙިއްސާވާ ބައެއް ކުންފުނިތައް އެއްކޮށްލުމަށް ކެބިނެޓްގައި މަޝްވަރާ ކޮށްފައިވާއިރު މިއީ ރާއްޖޭގެ އިގްތިސާދު ސިންދަފާތު ކުރުމުގެ މަގުސަދުގައި އަޅުއްވާ ފިޔަވަޅުތަކެއް ކަމަށް ރައީސް ޑރ. މުޢިއްޒު މިއަދު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން