ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ހިއްސާ އާންމުންނަށް ވިއްކުންކަމަށް ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ހައިދަރު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އެޗްޑީސީ ވެގެންދާނީ ސަރުކާރުން ކުރިއަށްގެންދާ އާބަން ސެންޓަރުތަކުގެވެސް މާސްޓާ ޑިވަޕޮލާއަށް ކަމަށެވެ. އަދި އެކުންފުނީގެ ދަށަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެންނަން ނިންމާފައިވާ ކަމަށްވެސް ހައިދަރު ވިދާޅުވިއެވެ.

ހަމައެއާއެކު ރައީސްގެ ވިސްނުންފުޅަކީ ކުރިއަށް އޮތްތަނުގައި އެޗްޑީސީގެ ހިއްސާ އާންމުންނަށް ވިއްކުން ކަމަށް ހައިދަރު ވިދާޅުވިއެވެ.

"މިއަދު ކެބިނެޓުގައި ނުނިންމެވި ނަަމަވެސް ރައީސް ވިސްނަވައިފައި އޮތީ އެޗްޑީސީއަކީ އާންމުންގެ ހިއްސާ އޮންނަ ޕަބްލިކް ލިމިޓެޑް ކޮމްޕެނީއަކަށް ހެދުމަށް." ހައިދަރު ވިދާޅުވިއެވެ.

މިހާރު އެޗްޑީސީއަކީ ހުޅުމާލޭގެ މުނިސިޕަލް ނޫން، އެހެން ހުރިހާ ކަމެއް ބަލަހައްޓާ ކުންފުންޏެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ ސަރުރާރުގެ ގިނަ ކުންފުނިތަކެއް އެއްކޮށްލުމުން ކުންފުނިތަކުގެ ހަރަދު ވަރަށް ބޮޑަށް ކުޑަކުރެވޭނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން