އަސާސީ ޙައްޤެއް ނިގުޅައިގަތުމަކީ ޤާނޫނީ ދައުލަތެއްގައި ހިނގައިގެންވާނެ ކަމެއް ނޫންކަމަށް ވިދާޅުވެ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވަކީލުންނާ ބައްދަލު ކުރެއްވުމުގެ ހައްގު ލިބުމަށް ހުރަސް އަޅައި، ހޯމް މިިނިސްޓަރު އިމްރާން އަބްދުﷲ ދައްކަވަމުން ދަނީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އާއިލާ އިން ނެރުނު ބަޔާނާއި ގުޅިގެން ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ އަސާސީ ހައްގެއް ނިގުޅައިގަތުމުގެ ބާރު ޤާނޫނީ ދައުލަތަކަށް ލިބިގެން ނުވާނެކަމަށެވެ.

ކޯޓު އަމުރުތަކާއި، ޝަރުއީ މަރުހަލާއިން ނިންމާ ނިންމުންތަކަށްވެސް ބޯނުލަބައި، ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ އިންސާނީ ހައްގުތަށް އެމީހަކަށް ލިބިނުދިނުމަކީ ޤާނޫނީ ދައުލަތަކުން ފެންނާނެ ސިފަތަކެއް ނޫންކަމަށް އަހުމަދު އަބްދުﷲ ވިދާޅުވިއެވެ.

"ތަފާތު ޒަރީޢާތައް ދައްކައިގެން ކޯޓު އަމުރު ތަންފީޒު ކުރުމަށް ހުރަސް އަޅައި ފާޅުކަން ބޮޑުގޮތަކަށް މުއްތަހަމެއްގެ އަސާސީ ޙައްޤެއް ނިގުޅައިގަތުމަކީ ޤާނޫނީ ދައުލަތެއްގައި ހިނގައިގެންވާނެ ކަމެއް ނޫން." ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ ވިދާޅުވިއެވެ.

މަނީ ލޯންޑްރިންގެ ކުށުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީނަށް ވަކީލުންނާ ބައްދަލު ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިނުގަންނަވާތީ، އިދިކޮޅު ޕީޕީއެމާއި ޕީއެންސީ ކޯލިޝަނުންނާއި އެ މަނިކުފާނުގެ ވަކީލުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. އެކަމަކު ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ ވަކީލުންނާ ބައްދަލު ކުރެއްވުމުގެ ފުރުސަތަށް ހުރަސް އަޅާފައި ނުވާނެ ކަމަށެވެ.

އެކަމާ ގުޅިގެން ރައީސް ޔާމީންގެ އާއިލާގެ ފަރާތުން އެ މަނިކުފާނުގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީން ނެެރުއްވި ބަޔާނެއްގައި ވަނީ ކްރިމިނަލް ކޯޓާއި ހައި ކޯޓުން ވެސް ކޮށްފައިވާ އަމުރުތަކާ ޚިލާފަށް ވަކީލެއްގެ ހައްގު ބައްޕާފުޅަށް ނުދެނީ ސަރުކާރުން ގަސްދުގައި ކަމަށާއި އެކަމާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. ވަކީލުން ރައީސް ޔާމީނާ ބައްދަލު ކުރަން ކ. މާފުއްޓަށް ދިއުމުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ހުއްދަ ނެތް ކަމަށް ބުނެ އެ ރަށަށް އެރުމުގެ ހުުއްދަ ވަކީލުންނަށް ދީފައި ނުވުމަކީ ރައީސް ޔާމީނާ މެދު އަނިޔާވެރިވުން ކަމަށް ޒޭން ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު


-9

ސައުދު

20-Aug-2020

އަސާސީ ވަނީ ވަކިފަރުދެއްކަމަށް ދޭހަކޮށްދެއްވަނީތަ.؟



ފަހުގެ ލިޔުންތައް

ޓްރެންޑިން