ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ އިސް ބޭފުޅުންނާއި އަދި ގެދޮރުވެރިކަމާބެހޭ އެކި ޔޫނިއަންތަކުގެ ބޭފުޅުންނާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.



‏ރައީސް އޮފީހުން ބުނީ ރައީސް ޑރ. މުޢިއްޒު މިއަދު ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ އިސް ބޭފުޅުންނާއި އަދި ގެދޮރުވެރިކަމާބެހޭ އެކި ޔޫނިއަންތަކުގެ ބޭފުޅުންނާ ބައްދަލުކުރައްވާނެ ކަމަށާއި މި ދެބައްދަލުވުމަކީ ރައީސް ވަރަށް 'ލުކް ފޯވާޑް' ކުރާ އަދި އެމަނިކުފާނަށް މުހިންމު ދެ ބައްދަލުވުންކަމުގައި ފާހަގަކުރެއްވި ކަމަށެވެ.

ރައީސް ވިދާޅުވީ ބޮޑުކަންނެލީގެ މަސްވެރިކަން މި ރާއްޖޭގައި ކުރިޔަށް ގެންދިއުމުގައި ސަރުކާރުގެ ސިޔާސަތަކީ އެކަމުގައި މަސައްކަތް ކުރާ މަސްވެރިންގެ އަޑުއަހައިގެން ކުރިޔަށް ދިއުން ކަމަށެވެ.

ގެދޮރުވެރިކަމާ ބެހޭ ޔުނިޔަންތަކާއެކު ބާއްވާ ބައްދަލުވުމުގައި ފަހި ޔުނިއަން، ގިރާވަރު، މާލެ ސިޓިޒެންސް އެސޯސިއޭޝަން، ގުޅީފަޅު ރައްޔިތުންގެ އެސޯސިއޭޝަން، ހުޅުމާލެ ރައްޔިތުންގެ ކޮމެޓީގެ އިތުރުން މާލެ ރައްވެހިންގެ ޖަމިއްޔާގެ ފަރާތުން ބައިވެރިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ބައްދަލުވުމުގައި މި ހުރިހާ ޖަމިއްޔާއެއް އެއްކޮށް ރައީސް އާ ބައްދަލުކުރައްވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން