ދަޢުލަތުގެ މާލީ ޙާލަތު ރަނގަޅުކުރުމަށްޓަކައި ނަސޭޙަތްތެރި ވުމަކީ ފަރުދީ ޒިންމާއެއް ކަމަށް ދިވެހިރާއްޖޭގެ ކުރީގެ ނާއިބުރައީސް އަޙްމަދު އަދީބު ޢަބްދުލް ޣަފޫރު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ތަރޑްވޭ ޑިމޮކްރެޓްސް، އެމްޓީޑީގެ ރައީސްގެ މަޤާމުގައި ހުންނެވި އަޙްމަދު އަދީބު މިހެން ވިދާޅުވެފައިވާއިރު ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ދަނީ ގިނަގުނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.
ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ރަނގަޅު ކުރުމަށް މަސައްކަތް ކުރުމަކީ ކޮންމެ ފަރުދެއްގެވެސް ފަރުދީ ޒިންމާއެއްކަން ފާހަގަ ކުރަށްވަމުން އަދީބު ވިދާޅުވީ ޤައުމުގެ މާލީ ހާލަތު ރަނގަޅު ކުރަން އަމިއްލަ ހައިސިއްޔަތުން ސަރުކާރުގައި ތިއްބަވާ އެކުވެރިންނަށް އަބަދުވެސް ނަސޭހަތް ދެއްވާ ކަމަށެވެ.
އަދި އެއީ ހަމައެކަނި މިއަދު ކުރަށްވާ ކަމެއް ނޫން ކަމަށާއި މިދިޔަ އެމްޑީޕީ ސަރުކާރުގައި ތިއްބެވި އެކުވެރިންނަށްވެސް އެނަސޭޙަތް ދެއްވާފައިވާކަމަށް އަދީބު ވިދާޅުވިއެވެ.
“އެއީ ރަސްމީ ކަމެއްނޫނެވެ. އެއީ ފަރުދީ ޒިންމާއެކެވެ. ދިވެހިރާއްޖެއަކީ އަޅުގަނޑުގެވެސް އުފަންގައުމެވެ!” ކުރީގެ ނައިބުރައީސް އަޙްމަދު އަދީބު ވިދާޅުވެފައިވެއެވެ.
އަދީބު މިހެން ވިދާޅުވެފައިވާއިރު ރާއްޖޭގައި ހިނގި އެންމެ ބޮޑު އެއް ޚިޔާނާތް ކަމަށްވާ އެމްއެމްޕީއާރުސީގެ ހިޔާނާތް ހިންގިކަމަށް އިއުތިރާފްވުމުން އަދީބުގެ މައްޗަށް އިއްވި ޖަލު ހުކުމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު މީގެ ކުރިން ވަނީ މައާފް ދެއްވާފައެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި 20 އަހަރަށް ޖަލަށްލުމަށް އަދީބަށް ކުރި ހުކުމުގެ ބޮޑުބައި ސިއްޙީ ސަބަބުތަކަކަށްޓަކައި އެމަނިކުފާނު ތަންފީޒު ކުރަށްވަމުން ގެންދެވީ ގޭބަންދުގައި ހުންނަވައިގެންނެވެ. އަދި މިވަގުތު ސިއްޙީ ފަރުވާއަށް އެމަނިކުފާނު ދިރިއުޅުއްވަމުން ގެންދަވަނީ ރާއްޖޭން ބޭރުގައެވެ.

ކިޔުންތެރިންގެ ހިޔާލު