ވ ތިނަދޫން ދެ މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު އެމާޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވީ، މިއަދު ކޯވިޑް-19އަށް ވ ތިނަދޫން ޕޮޒިޓިވްވެފައި ވަނީ ދެ ދިވެހިންކަމަށެވެ. މިގޮތުން އެރަށުން ޕޮޒިޓިވްވެފައި ވަނީ އުމުރުން، 36 އަހަރުގެ އަންހެނަކާއި ފިރިހެނެއް ކަމުގައި އެޗްއީއޯސީން ވިދާޅުވެފައި ވެއެވެ.

ވ ތިނަދޫއިން ޕޮޒިޓިވްވި ދެމީހުންނަކީ، ފުރަބަންދުގެ ކަރަންޓީނުގެ މުއްދަތު ހަމަވެގެން ކަރަންޓީނުން ދޫކޮށްލުމަށް ޓެސްޓު ކުރި ދެމީހުންނެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން ހާމަކުރައްވާފައިވާ ގޮތުގައި، ރާއްޖޭގެ އަތޮޅުތަކުގެ 18 ރަށެއްގަޔާއި، 13 ރިޒޯޓެއްގައި ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހުން އެބަތިއްބެވެ.

ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ ޖުމްލަ ޢަދަދު 6079 އަށް އަރާފައިވާއިރު، ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދު މިހާރު ވަނީ 3648 އަށް އަރާފައެވެ. މި ބައްޔަށް ފަރުވާ ހޯދަމުންދަނީ 2407 މީހުންނެވެ. މީގެތެރެއިން 144 މީހަކަށް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން