ފޮރިން މިނިސްޓަރު ޒަމީރު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ފުރާވަޑައިގެންފި އެވެ.

ޚާރިޖީ ވުޒާރާއިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު ޒަމީރު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ފުރާވަޑައިގެންފައިވާ ކަމަށެވެ. މިނިސްޓަރު ޒަމީރު މިރޭ ފެށްޓެވި ރަސްމީ ދަތުރު ނިންމަވާލައްވާނީ އަންނަ ބުދަ ދުވަހު ކަމަށް ފޮރިން މިނިސްޓްރީ އިން ބުނެއެވެ.

ޒަމީރު އަރިހުގައި މިދަތުރުފުޅުގައި އެމްބެސެޑާ އެޓް ލާޖް އަހުމަދު ނަސީރު، ބައިލެޓްރަލް ސެކްރެޓަރީ ޑރ. ހާލާ ހަމީދު އަދި ޖޮއިންޓް ސެކްރެޓަރީ މަރްޔަމް ރީޝާ ބައިވެރިވެވަޑައިގަންނަވައެވެ. މިދަތުރުފުޅުގައި މިނިސްޓަރު ޒަމީރު، ޔޫއޭއީގެ ބޮޑުވަޒީރުގެ ނައިބު އަދި ހާރިޖީ ވަޒީރު، ޝެއިހު އަބްދުالله ބިން ޒައިދު އަލް ނަޙްޔާން އަދި އެ ގައުމުގެ ސަރުކާރުގެ އެހެނިހެން އިސްވެރިންނާ ބައްދަލުކުރަށްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން