ގުދަރަތީ ނޫން ގޮތަކަށް ފުލުހުންގެ ކަސްޓަޑީގައި ތިބޭ މީހަކު މަރުވާ ހިސާބަށް ނުދާނެގޮތަށް ކަންކަން ކަށަވަކުރުކުރަން ޖެހޭ ކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރޭ ރައީސް ޔާމީންގެ ޕާޓީ، ޕީއެންއެފުން ބޭއްވި ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ ބައެއް ފުލުހުންގެ އަަަމަލުތައް ހުންނަ ގޮތުން އެ މީހުންގެ ނުބައި ނިޔަތެއް ނެތަސް ނުރައްކާތެރި ކަންކަން ދިމާވާ ކަމަށެވެ.

އެގޮތުން އަންހެނަކު ރަހީނުކޮށް މަރާލަން އުޅުނު އަތުހަރު އާދަމްގެ ހާދިސާއަށް އިޝާރާތްކުރައްވައި ރައީސް ޔަމީން ވިދާޅުވީ އޭނާ ހިންގަން އުޅުނީ ބޮޑު ޖަރީމާއެއް ކަމަށާއި އެކަން ޓޮލަރޭޓް ނުކުރެވޭނެ ކަމަށެވެ.

އެ ހާދިސާގައި އަންހެން މީހާގެ ސަލާމަތްތެރިކަން ކަށަވަރުކުރި ނަމަވެސް ދެން ކަންކަން ދިޔައީ ދިމާ އިދިކޮޅަަށް ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ފުލުހުން ކުށްވެރި ނުކުރައްވާ ކަމަށާއި އެހެން ނަމަަވެސް ފުލުުހުންގެ އެސްއޯޕީތައް ހިނގަމުން ދަނީ އެންމެ ރަނގަޅަށްތޯ އެމަނިކުފާނު ސުވާލު އުފެއްދެވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އެސްއޯޕީއެއްގައި ހުންނަ ކަންކަމަށް ރަނގަޅަށް ތަބާނުވެ އެއިން ބޭރުންކޮށްފި ކަމަށް ވަނީވިއްޔާ އެ މީހުންގެ ބޮލުުގައި ޖިނާއީ ގޮތުން އޭގެ ޒިންމާ ނަގަން ޖެހޭ ގޮތް ހަދަން ޖެހޭ ކަމަށެވެ. އަދި އެއީ މުއައްސަސާ ރަނގަޅު ކުރެވޭނެ ގޮތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"މިހާރު ކަންކަން ހުރި ގޮތުން އެބަ ޖެހޭ ފުލުހުންގެ ތެރެއިން މުއިއްޒުގެ މެނިފެސްޓޯއަށް އާ ބާބެއް އިތުރުކުރަން. އެއީ މި ގޮތަށް މަދަނީ މީހުންނާ ރައްޔިތުން ބައްދަލުކުރާ އިރު އެކްސެސް ފޯސް ބޭނުންކުރުން ވެސް. އެހެން ނޫނީ އެސްއޯޕީގެ ބޭރުން ކަންތައް ކުރުމުގެ ނަތީޖާއެއްގެ ގޮތުން ނުބައި ނަތީޖާއެއް ނުނިކުންނާނެކަން ކަށަވަރުކޮށްދޭން އަދި ފުލުހުންގެ ކަސްޓަޑީގައި މީހަކު ހުއްޓާ ގުދުރަތީ ގޮތުން މީހަކަށް ކަމެއް ދިމާވާ ސިއްހީ ނުރައްކާތެރިކަމެއް ދިމާވުން ފިޔަވައި ފުލުހުންގެ އިހުމާލުން ކުރާ ކަމަކުން މީހާއަށް ގެއްލުންވާ، ޚާއްސަކޮށް މަރާ ހަމައަށް ދަތުރުކުރާ ކަމަކަށް މިކަން ނުވާނެކަމުގެ ކަށަވަރުކަމެއް ދޭން ޖެހޭ،" އެ މަނިކުފާނު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން